މާލެ: 31°C

ކުށުގެ ވެށީގައި އުޅޭ ކުޑަކުދިންގެ އަދަދު ދަނީ އިތުރުވަމުން: މިނިސްޓަރު

ކުށުގެ ވެށީގައި އުޅޭ ކުޑަކުދިންގެ އަދަދު ދަނީ އިތުރުވަމުން: މިނިސްޓަރު
August 17, 2024
2 ފަހަރު ބަލާފައި
ކުށުގެ ވެށީގައި އުޅޭ ކުޑަކުދިންގެ އަދަދު ދަނީ އިތުރުވަމުން: މިނިސްޓަރު

ރާއްޖޭގައި ކުށުގެ ވެށީގައި އުޅެ، ރިސްކުގައި ތިބި ކުދިންގެ އަދަދު އިތުރުވަމުންދާކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

8 ވަނަ ޖުވެނައިލް ޖަސްޓިސް ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މިވަގުތު އަމަލު ކުރަމުންދާ ކުޑަކުދިންގެ އަދުލުގެ ނިޒާމަކީ އެންމެ ފުރިހަމަ ނިޒާމެއް ނޫންކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކަންކަން އިސްލާހުކުރުމަށް ތަފާތު ނިޒާމުތައް ބަލައިގަނެއަމަލުކުރަން ފެށިނަމަވެސް އޭގައި ރަނގަޅުކުރަންޖެހިފައި ހުންނަ ކުދިކުދި ކަންކަން ހޯދައި އޭގެ ބޭނުން ނަހަމަ ގޮތުގައިހިފާ މީހުން އުޅޭކަމަށެވެ.

އެހެންކަމުން އެކަންކަމަށް ސަމާލުވެ، ނިޒާމުގެ ރައްކާތެރިކަން ކަށަވަރުކުރަން މަސައްކަތް ކުރުމުގެ މުހިންމުކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ކުޑަކުދިންގެއަދުލުގެ ގާނޫނެއް ވުޖޫދުވެގެން އައި މީގެ ފަސް އަހަރު ކުރިން ނަމަވެސް މިނިސްޓަރު ވިދާޅުވިގޮތުގައި ތާރީހަށް ބަލާއިރު ކޮންމެވެސް ސިފައެއްގައި މިމަސައްކަތް ކުރާ ޑިޕާޓްމަންޓެއް ނުވަތަ ސެކްޝަނެއް އޮތެވެ. އެހެން ނަމަވެސް މި މައްސަލައައީ ގައުމުގެ ތެރޭގައި ދުވަހުން ދުވަހަށް އިތުރުވަމުންކަންފާހަގަކުރެއްވި އެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ