މާލެ: 31°C

އެމްޕޮކްސްއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަނީ

އެމްޕޮކްސްއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަނީ
August 15, 2024
2 ފަހަރު ބަލާފައި
އެމްޕޮކްސްއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަނީ

އެފްރިކާގެ ސަރަހައްދުގައިި ފެތުރެމުން ދާ މަންކީ ޕޮކްސް (އެމްޕޮކްސް) ގެ ނުރައްކާ މުޅި ދުނިޔެއަށް އެބައޮތްކަމަށް ކަނޑައަޅަައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ(ޑަބްލިޔުއެޗްއޯ) އިން އިއުލާނުކުރުމށ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ފަށައިފިއެވެ.

ޑަބްލިޔުއެޗްއޯގެ ވެރިޔާ ޓެޑްރޮސް އަދަނޮމް ގެބްރޭސަސް އިއުލާނު ކުރެއްވި ގޮތުގައި އެމްޕޮކްސް ބަލީގެ ހާލަތު މިހާރު އޮތީ މުޅި ދުނިޔެއަށް ނުރައްކާވާހިސާބުގަ އެވެ. އިމަޖެންސީ ކޮމިޓީގެ ބައްދަލުވުންތައް ކުރިޔަށް ގެންދިއުމަށް ފަހު ނިންމާފައި ވަނީ މި ބަލީގެ ނުރައްކަލަަށް ދުނިޔޭގެ ހުރިހާ ގައުމުތަކުން ވެސްސަމާލު ވާން ޖެހޭ ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ހެލްތް އިމަޖެންސީގައި ބުނެފައި ވަނީ އެފްރިކާގައި މި އަހަރު 14،000 އަށް ވުރެ ގިނަ މީހުންނަަށް ބަލި ޖެހި، 524 މީހުން މަރުވެފައިވާކަމަށެވެ. އަދި މިއީ މިދިޔަ އަހަރުގެ އަދަދުތަކަށްވުރެ އިތުރު އަދަދެއްކަމަަށް ހާމަކުރިއެވެ.

މިކަމާ ގުޅިގެން އެ އޭޖެންސީން އެކްސްގަ ކުރި ޕޯސްޓެއްގަ ބުނީ ބައްޔާއި ގުޅޭގޮތުން ރިސްކް އެސެސްމަންޓް ހަދަމުން އަންނަ ކަމަށާ އާންމު ސިއްހަތަށްއަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭ އިރުޝާދު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިހާތަނަށް ބަލިޖެހިފައިވާ އަދި މަރުވާ މީހުންގެ 96 އިންސައްތަ އަށްވުރެ ގިނައީ ކޮންގޯގައެވެ. އަދި ޑަބްލިއުއެޗްއޯގެ ކަންބޮޑުވުމަކީ މީހުންގެ ތެރޭގައިފަސޭހައިން  ބަލި ފެތުރި، އާ ވޭރިއޭޝަނެއް އުފެދުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ