މާލެ: 31°C

އިޓަލީގެ އަސްކަރީ ބޯޓުތައް އަނެއްކާވެސް ރާއްޖެއަށް، މިވަނީ ކިހިނެްް؟

އިޓަލީގެ އަސްކަރީ ބޯޓުތައް އަނެއްކާވެސް ރާއްޖެއަށް، މިވަނީ ކިހިނެްް؟
August 15, 2024
2 ފަހަރު ބަލާފައި
އިޓަލީގެ އަސްކަރީ ބޯޓުތައް އަނެއްކާވެސް ރާއްޖެއަށް، މިވަނީ ކިހިނެްް؟

އިޓަލީގެ އަސްކަރީ ބޯޓުތަކެއް އަނެއްކާވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޯޓުތައް ރާއްޖެ އައިސްފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. އޭގެ ތެރޭގައި 7 ޖެޓް ހިމެނެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ހާމަކޮށްފައިވާ ގޮތުގައި އެއީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން އައި އަސްކަރީ ބޯޓުތަކެއް ކަމަށެވެ.

މީގެ އިތުރުން އެ އުޅަނދުތައް ވީއައިއޭ އަށް ޖެއްސީ ރީފިލް ކުރުމަށް ކަމަށާއި އެ ޖެޓްތައް ރާއްޖެއިން ފުރާނީ މެލޭޝިޔާއަށް ކަމަށެވެ. އަދި ޖެޓުތައްޖައްސާފައިވަނީ ޓެކްނިކަލް ސްޓޮޕެއްގައި ކަމަށް ބުނެއެވެ.

ދާދި ފަހުންވެސް އިޓަލީގެ އަސްކަރީ އުޅަނދުތަކެއް ރާއްޖޭގައި ޖެއްސި އެވެ. އެ ފަަހަރު އައީ އަސްކަރީ 4 ބޯޓެވެ.

މިއީ ކަންބޮޑުވުމެއްގެ ގޮތުގައި ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ފާހަގަކުރަމުންދެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ