މާލެ: 31°C

ރަޝިޔާގެ ކުރުސްކް ސަރަހައްދު ނުރައްކާ، ސަމާލުވޭ!

ރަޝިޔާގެ ކުރުސްކް ސަރަހައްދު ނުރައްކާ، ސަމާލުވޭ!
August 15, 2024
2 ފަހަރު ބަލާފައި
ރަޝިޔާގެ ކުރުސްކް ސަރަހައްދު ނުރައްކާ، ސަމާލުވޭ!

ރަޝިޔާގެ ކުރުސްކް ސަރަޙައްދުގައި މިވަގުތު ނުރައްކާތެރި ޙާލަތެއް އޮތުމާ ގުޅިގެން، އެ ސަރަޙައްދުގައި ދިރިއުޅެމުންދާ ދިވެހީން ރައްކާތެރިކަމާއިސަލާމަތްތެރިކަމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވުމަށް ދިވެހި ޚާރިޖިއްޔާއިން އިލްތިމާސްކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ދިވެހި ދަރިވަރުން ތިބިސަރަޙައްދެއްކަމަށްވާ ކުރުސްކް މިވަގުތު އޮތީ ނުރައްކާތެރި ޙާލަތެއްގައި ކަމަށެވެ.

މި ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ދިވެހި ޚާރިޖީ ވުޒާރާއާއި ރަޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ދަނީ ކުރުސްކް ސަރަޙައްދުގައި ތިބިދިވެހި ކިޔަވާކުދިންގެ ހާލު ގާތުން ބަލަމުންކަމަށެވެ. އަދި މިދަނޑިވަޅުގައި ކުރުސްކްގައި ދިރިއުޅޭ ދިވެހީންނާއި އަދި އެކި ބޭނުންތަކުގައި އެ ސަރަޙައްދަށްދަތުރުކުރާ ދިވެހީންވެސް އަމިއްލަ ސަލާމަތަށް އިސްކަންދިނުމަށް އެ ވުޒާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.

ކުރުސްކް ސަރަޙައްދަށް ކުރިމަތިވެފައިވާ ނުރައްކަލުގެ މިދަނޑިވަޅުގައި އެ ސަރަޙައްދުގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް އެހީތެރިކަން ބޭނުންވާނަމަ،އެކަން ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީއަށް އެންގުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

މިހާރު ކުރިއަށްދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ކުރުސްކް ސަރަޙައްދަށްވެސް ހަމަލާ ދެމުންދާއިރު، އެއީ ގިނަ ޢަދަދެއްގެ ދިވެހި ދަރިވަރުންމެޑިސިންއާ ގުޅޭ ދާއިރާތަކުން ކިޔެވުމަށް ގޮސްއުޅޭ ސަރަޙައްދެއްކަން ފާހަގަކޮށްފައިވެއެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ