މާލެ: 31°C

އިންޑިއާގެ 300 މިލިއަން ޑޮލަރުން ޢިތުރު 4000 ފުލެޓް

އިންޑިއާގެ 300 މިލިއަން ޑޮލަރުން ޢިތުރު 4000 ފުލެޓް
August 15, 2024
2 ފަހަރު ބަލާފައި
އިންޑިއާގެ 300 މިލިއަން ޑޮލަރުން ޢިތުރު 4000 ފުލެޓް

އިންޑިއާގެ ލޯނު އެހީން 300 މިލިއަން ޑޮލަރު ސަލާމަތްކޮށް، އިތުރު 4،000 ހައުސިން ޔުނިޓު މި އަހަރުގެ ތެރޭގައި އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށްފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝަފީގު ވިދާޅުވީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯދުމަކީ އަދުގެސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަަމަށެވެ. ހިނގަމުންދާ ދައުރު ނިމެންވާއިރަށް ގެދޮރުގެ ދަތިކަން ދިމާވެފައިވާ މީހުންނަށް "ޓޯޓަލް ސޮލިއުޝަން" އެއްހޯދައިދެވޭނެ ކަމަށެވެ.

ރާއްޖޭގެ އިޖުތިމާއީ ހުރިހާ މައްސަލަތަކެއްގެ "ރޫޓް ކޯސް" ގެދޮރުގެ ދަތިކަމުގެ މައްސަލަ ކަމަށެވެ. އިޖުތިމާއީ މައްސަލަތަކުގެ އަސްލަކަށް ވެފައި މި އޮންނަނީގެދޮރުގެ މައްސަލަކަން ފާހަގަކުރެއްވި އެވެ. ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅިފައި ވަނީ އެކަމަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާފައި ވަނީ މި އަހަރުގެ ބަޖެޓު ހެދޭއިރު ވެސް ޕީއެސްއައިޕީ ޕްރޮޖެކްޓުތަކުގެ 50 ޕަސެންޓް ހާއްސަ ކުރުމަށް ގެދޮރަށް،" ޝަފީގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސް ހާއްސަ އިސްކަމެއް ދެއްވާތީ ބޭނުން ވަނީ ވީހާވެސް އަވަހަކަށް ގެދޮރުވެރިކަމުގެ މަޝްރޫއުތައް ފަށައި މައްސަލައަށްހައްލު ހޯދުމަށް ކަމުގަ އެވެ. އެގޮތުން މިހާރު ލިބިފައި ހުރި "ފައިނޭންސިން ފެސިލިޓީތައް ވަރަށް ބޮޑަށް ހައުސިންއަށް ޓާގެޓްކޮށްގެން ކުރިއަށް ގެންދިއުމަށް،" މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގެދޮރުވެރި ކުރުވަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ އިތުރު ތަފުސީލެއް ދެއްވަމުން ވިދާޅުވެފައި ވަނީ މިހާރު ކުރިއަށްދާ އިންޑިއާގެ ލައިން އޮފްކްރެޑިޓް (އެލްއޯސީ) ގެ ދަށުން މި އަހަރުގެ ތެރޭގައި 4،000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރެވޭތޯ ބަލަމުން އަންނަ ކަމަށެވެ. ފާހަގަކުރެއްވީ އެއީވަރަށް ރަނގަޅު ޓާމެއްގައި ލިބިފައި އޮތް ފެސިލިޓީއެއް ކަމަށެވެ.

"ގާތްގަނޑަކަށް އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި 300 މިލިއަން ޑޮލަރާ ކައިރިކުރާ އަދަދެއް އަޅުގަނޑުމެންނަށް އެވެއިލަބަލް ކުރެވޭނެ ހައުސިންއަށް. އެގޮތަށް މަސައްކަތް ކުރަނީ،" އެލްއޯސީން ހައުސިންއަށް ބޭނުން ކުރާނެ އަދަދާ ގުޅޭގޮތުން ވިދާޅުވި އެވެ.

ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް ނެގޭ ފެސިލިޓީތަކަކީ ރަނގަޅު ޓާމްތަކުގައި ދައުލަތަށް ބުރައަކަށް ނުވާނެ ގޮތަށް ނެގޭ ފެސިލިޓީތަކަށް ވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ