މާލެ: 31°C

ނެގިދަރަންޏާ އެއްވަރުގެ އެސެޓެއް ނެތް

ނެގިދަރަންޏާ އެއްވަރުގެ އެސެޓެއް ނެތް
August 15, 2024
2 ފަހަރު ބަލާފައި
ނެގިދަރަންޏާ އެއްވަރުގެ އެސެޓެއް ނެތް

ފައިނޭންސް ކުރުމުގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ދަރަނިތައް ނަގާފައިހުރި އިރު އިގްތިސާދަށް ފައިދާ ކުރާނެ ވަރުގެ އެސެޓެއް ނެތުންކަމަށްފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ކުރިޔަށް ގެންގޮސްފައި ވަނީ 2025/2027 އަށް ދައުލަތުގެ މެދުރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސިޔާސަތުގެތަފްސީލުއް ހުށަހެޅުމެވެ. ބައްދަލުވުމުގައި މެމްބަރުންގެ ސުވާލުތަކަށް ޝަފީގު ވިދާޅުވީ ބޭނުންވާ ހިދުމަތްތައް ރައްޔިތުންނަށް ގާތުން ދެވެން ނެތުމުގެ އެންމެބޮޑު ސަބަބަކީ ލިބޭ އާމްދަނީއަށް ވުރެ ހަރަދުތައް އިންތިހާއަށް ބޮޑުވެފައިވުމެވެ.

ޝަފީގް ވިދާޅުވީ މީގެ ކުރިން މާލީ ސިޔާސަތުތަކަށް ހަމަޖެހޭ އުސޫލުތަކެއް ގެންގުޅެފައި ނެތުމުގެ ސަބަބުންނާއި ސަމާލުކަމެއް ދެވިފައި ނެތުމުން އޭގެ އަގުދައްކަން ޖެހުނީ މި ސަރުކާރުންނެވެ. ޝަފީގު ވިދާޅުވީ އިގްތިސާދުގެ ކެޕޭސިޓީއާއި އާމްދަނީއާއި ނުބައްދަލު މިންވަރަކަށް ހަރަދު ކުރުމަށް ނިންމައިމަނިޓަރައިޒް ކުރުމާއި އެހެނިހެން ގޮތް ގޮތުން ފައިނޭންސް ކުރުމުގެ ތެރެއިން އެސްކްޕޭންޝަނަރީ ފިސްކަލް ޕޮލިސީއެއް ތަންފީޒު ކުރުމުގެ އަގު މި ސަރުކާރުންދައްކަން ޖެހިފައިވާކަމަށެވެ.

އާމްދަނީއާއި އަޅާބަލައި ހަރަދުތައް ބޮޑު މައްސަލައިގައި ޝަފީގް ވިދާޅުވީ ސްޓްރަކްޗަރަލީ މި އަދަދުތައް ނަގައިގެން ބޮޑެތި ޑެފިސިޓުތައް ފައިނޭންސް ކުރުމުގެސަބަބުން ޑެޓް ސާވިސް ކުރުމުގައި ދަތިވެފައިވާކަމަށެވެ.

ރާއްޖޭގެ ޓެކްސް ސިސްޓަމަކީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި، ފުރިހަމައަށް ތަންފީޒު ވަމުން އައި ޓެކްސް ސިސްޓަމެއް.. އޭގެ ބޭނިފިޓް އެންމެ ފުރިހަމައަށްލިބޭނީ، ހަގީގަތުހައި ދައުލަތަށް ލިބެން ޖެހޭ އަދަދު އެ އަދަދު އަޅުގަނޑުމެންނަށް ލިބިގެން.. އެ އަދަދު ހޯދުމުގެ މަސައްކަތް ސަރުކާރުން މިވަނީ ފަށާފައިއަޅުގަނޑުމެންނަށް ނުލިބި ހުރި ބޮޑެތި އަދަދުތަކެއް އެބަހުރިއެހެންވެއްޖެއްޔާމު އެ އަދަދު ލިބުމާއި އެކު ވެސް އަޅުގަނޑުމެން ޑެޓްސް ނަގަން ޖެހޭ މިންވަރުކުޑަވެގެން ދާނެ..

ދައުލަތަށް ލިބެން ޖެހޭ އަދަދުތައް ހޯދުމަށް ސިޔާސަތުތައް މިހާރު އެކުލަވާލާފައިވާއިރު، އެކި ސަބަބުތަކަށް ނަގަން ޖެހޭ ލޯބު ދަށްވެގެން ދާނެކަމަށް ޝަފީގްވިދާޅުވި އެވެ.

މީގެއިތުރުން ޝަފީގް ވިދާޅުވީ ދައުލަތުން ބޮޑެތި ދަރަނިތައް ނަގާފައި ހުރިއިރު ގައުމަށް ފައިދާވެ ނަފާވާވަރުގެ އެއްވެސް އެސެޓެއް ފެންނަން ނެތްކަމަށެވެ.

އަޅުގަނޑުމެންނަށް މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ބޮޑެތި ދަރަނިތަކެއް ނަގާފައި ހުރިއިރު، އަޅުގަނޑުމެންގެ އިކޮނޮމީއަށް ނަފާވާނެ ވަރުގެ އެސެޓުތަކެއްއަޅުގަނޑުމެންނަށް ފެންނާކަށެއް ނެތް.. ކުރީގައި ފާހަގަކުރެއްވި ސަނީ ސައިޑް ބޮންޑު ސެޓްލް ކުރުމަށް ފަހު އޭގެ މައްޗަށް، ރިފައިނޭންސިން ކުރެވިގެން ބޮޑު އަދަދެއް ނެގުނީހޭ.. ނެގުމާ ގުޅިގެން އެސެޓެއް ހުރިނަމަ އަޅުގަނޑުމެންނަށް ވަރަށް ފަސޭހަވާނެ.. އޭރުން އެސެޓުތަކެއް ބޭނުންކޮށްގެން ކޮސްޓުތަކެއްސޭވް ކުރެވުނީސް.. ނުވަތަ އާމްދަނީ ލިބޭނެ އިތުރު ގޮތްތަކެއް ހޯދުނީސް ނުވަތަ އިކޮނޮމީ ހަރަކާތްތެރިވާނެ، އިކޮނޮމީގެ ދުވެލި ރަނގަޅު ކުރެވުނީސް..

ޝަފީގް ވިދާޅުވީ ސަނީ ސައިޑް ބޮންޑު ދައްކައި، ރީފައިނޭންސްކޮށް އަދަދެއް ނެގޭނީ އެސެޓެއް ފެންނަން ހުރިނަމަ ކަމަށެވެ. އެހެން ނޫން ނަމަ، އެސެޓުތައްބޭނުންކޮށްގެން އިކޮނޮމީގެ ދުވެލި ރަނގަޅު ކުރެވުނީސްކަމަށް ޝަފީގް ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި ޝަފީގު ފާހަގަކުރެއްވީ ސިނަމާލެ ބްރިޖުގެ ސަބަބުން ހުޅުމާލޭގެ ވެލިއު އުފުލިގެން ދިއުމެވެ. މިއީ ވިޔަފާރިއާއި އިގްތިސާދަށް ލިބޭކުރިއެރުމެއްކަމަށް ޝަފީގް ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ