މާލެ: 31°C

ޑަބްލިޔުއެޗްއޯގެ އިންޒާރު: އެފްރިކާގެ އެމްޕޮކްސް މުޅި ދުނިޔެއަށް ފެތުރިދާނެ

ޑަބްލިޔުއެޗްއޯގެ އިންޒާރު: އެފްރިކާގެ އެމްޕޮކްސް މުޅި ދުނިޔެއަށް ފެތުރިދާނެ
August 15, 2024
2 ފަހަރު ބަލާފައި
ޑަބްލިޔުއެޗްއޯގެ އިންޒާރު: އެފްރިކާގެ އެމްޕޮކްސް މުޅި ދުނިޔެއަށް ފެތުރިދާނެ

އެފްރިކާގެ ސަރަހައްދުގައިި ފެތުރެމުން ދާ މަންކީ ޕޮކްސް (އެމް ޕޮކްސް) ގެ ނުރައްކާ މުޅި ދުނިޔެއަށް އެބައޮތްކަމަށް ކަނޑައަޅަައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ(ޑަބްލިޔުއެޗްއޯ) އިން އިއުލާނުކޮށްފި އެވެ.

މިއީ ކޮވިޑަށްފަހު ދުނިޔެ ހުއްޓުމަކަށް ގެނުވަފާނެ ބައްޔެއް ކަމަށް ތަޖުތިބާކާރުން ދެކެއެވެ.

ޑަބްލިޔުއެޗްއޯގެ ވެރިޔާ ޓެޑްރޮސް އަދަނޮމް ގެބްރޭސަސް އިއުލާނު ކުރެއްވި ގޮތުގައި އެމްޕޮކްސް ބަލީގެ ހާލަތު މިހާރު އޮތީ މުޅި ދުނިޔެއަށް ނުރައްކާވާހިސާބުގަ އެވެ. އިމަޖެންސީ ކޮމިޓީގެ ބައްދަލުވުންތައް ކުރިޔަށް ގެންދިއުމަށް ފަހު ނިންމާފައި ވަނީ މި ބަލީގެ ނުރައްކަލަަށް ދުނިޔޭގެ ހުރިހާ ގައުމުތަކުން ވެސްސަމާލު ވާން ޖެހޭ ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ހެލްތް އިމަޖެންސީގައި ބުނެފައި ވަނީ އެފްރިކާގައި މި އަހަރު 14،000 އަށް ވުރެ ގިނަ މީހުންނަަށް ބަލި ޖެހި، 524 މީހުން މަރުވެފައިވާކަމަށެވެ. އަދި މިއީ މިދިޔަ އަހަރުގެ އަދަދުތަކަށްވުރެ އިތުރު އަދަދެއްކަމަަށް ހާމަކުރި އެވެ.

މިހާތަނަށް ބަލިޖެހިފައިވާ އަދި މަރުވާ މީހުންގެ 96 އިންސައްތަ އަށްވުރެ ގިނައީ ކޮންގޯގައެވެ. އަދި ޑަބްލިއުއެޗްއޯގެ ކަންބޮޑުވުމަކީ މީހުންގެ ތެރޭގައިފަސޭހައިން  ބަލި ފެތުރި، އާ ވޭރިއަންޓެއް އުފެދުމެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ