މާލެ: 31°C

ޝަމީމުއަށް ޖަވާބު ދިނުމުގެ ފުރުސަތެއް

ޝަމީމުއަށް ޖަވާބު ދިނުމުގެ ފުރުސަތެއް
August 14, 2024
2 ފަހަރު ބަލާފައި
ޝަމީމުއަށް ޖަވާބު ދިނުމުގެ ފުރުސަތެއް
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ހުސެއިން ޝަމީމް ވަކިކުރަން ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ފަސް ދުވަހުގެ ނޯޓިސްއެއް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ. ޝަމީމް ކޮމެޓީއަށް ހާޒިރުކުރުމަށް ހުށަހެޅީ އޭނާ ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ވެސް ހުށަހެޅި ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު (ޝާޑް) އެވެ. ޝާޑުގެ ހުށަހެޅުން ފާސްވީ ކޮމެޓީގައި އެ ވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ. ކޮމެޓީގެ މުގައްރިރު އަދި މަަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރަކު ވިދާޅުވީ މަޖިލީހުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޝަމީމަށް މިއަދު ނޯޓިސް އެއް ފޮނުވާނެ ކަމަށެވެ. ޝަމީމް ވަކިކުރަން ޖެހޭ 8 ސަބަބެއް ބަަޔަނާކޮށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުވި ސިޓީއެއް އިއްޔެ ކުރިއަށް ކޮމިޓީ ބައްދަލުވުގައި ޝާޑު ވަނީ އިއްވާފަ އެވެ. އެއީ
  1. އަންހެން މުވައްޒަފުންނަތަކަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި ދައުވާއުފުލި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ދައުވާނުކުން އަދި އެ މައްސަލަ ފައިލްކުރުން
  2. ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލްކުރުން
  3. ސަފާރީގައި އަންހެނަކު ރޭޕްކުރި މައްސަލައިގެ ދަށު ކޯޓުގެ ނިންމުން އިސްތިއުނާފް ނުކުރުން
  4. ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މީހުން ޓްރެފިކް ކުރުމުގެ ދައުވާ އަނބުރާ ގެނައުން
  5. ބަނގުރާ ބުއިމުގެ މައްސަލަތަކުގެ ދައުވާތައް އަނބުރާ ގެނައުން
  6. ކޮވިޑުގެ ވެންޓިލޭޓަރުގެ މައްސަލާގައި ދައުވާނުކުރުން ނިންމުން
  7. ޕީޖީގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު އެއް ޖިންސުގެ ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ ނުބެލުން
  8. ޕީޖީ އޮފީހުގެ މުވައްޒަފުންނާ މެދު ތަފާތުތަކެއް ގެންގުޅޭ މައްސަލަ
ޝަމީމް ވަކިކުރުމަށް މަޖީލީހަށް ހުށަހަޅާފައިވާއިރު އޭނާ އަކީ މަގާމަށް ކުފޫ ހަމަވާ މީހެއް ނޫން ކަމަށް މި ސަރުކާރުގެ އިސް ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު ގެންދެވީ ވިދާޅުވަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ