މާލެ: 31°C

އެމްއެންޑީއެފުން ފެންހިންދަން ކުރި މަސައްކަތް: އާންމު ހާލަތަކަށް ގެނެސްފި

އެމްއެންޑީއެފުން ފެންހިންދަން ކުރި މަސައްކަތް: އާންމު ހާލަތަކަށް ގެނެސްފި
August 14, 2024
2 ފަހަރު ބަލާފައި
އެމްއެންޑީއެފުން ފެންހިންދަން ކުރި މަސައްކަތް: އާންމު ހާލަތަކަށް ގެނެސްފި
ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދިޔަ ހުރިހާ ސަރަހައްދެއް އާންމު ހާލަތަށް ގެނެވިފައިވާ ކަމަށް ޤައުމީ ދިފާއީ ބާރު، އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ. ރޭ މެންދަމު 12:50 ގައި އެމްއެންޑީއެފްގެ މީޑިއާ ގްރޫޕުގައި ޙިއްސާކުރައްވާފައިވާ ގޮތުގައި، ބޯކޮށް ވާރޭވެހި މާލޭގައި ފެން ބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން، ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދިޔަ ހުރިހާ ސަރަހައްދެއް ވަނީ އާންމު ހާލަތަށް ގެނެވިފައެވެ. އަދި ވިއްސާރައާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި އެކިއެކި މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް 208 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އެމްއެންޑީއެފްއިން ވިދާޅުވެފައިވަނީ 183 ގެއަކަށް ފެން ވަދެފައިވާކަމުގެ ރިޕޯޓް ލިބިފައިވާއިރު، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ކުރަމުންދާ މަސައްކަތުގައި، މާލޭ ސިޓީގެ ގިނަ މުއައްސަސާތަކެއް ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ