އީރާނުން އެމެރިކާއަށް ހަމަލާދީފާނެ، އެމެރިކާއިން ދިފާއަށް ތައްޔާރު

އީރާނުން އެމެރިކާއަށް ހަމަލާދީފާނެ، އެމެރިކާއިން ދިފާއަށް ތައްޔާރު
ލިޔުން:
ބަދަލު ހިފުމުގެ ގޮތުން އީރާނުން ޔަހޫދީންނަށް އަމާޒުކޮށް ދީފާނެ ޙަމަލާއަކަށް އެމެރިކާއިން ތައްޔާރަށް އޮތް ކަމުގައި ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވެއްޖެއެވެ.
ޔަހޫދީންނަށް ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމަށް އީރާނާއި އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ ޖަމާޢަތްތަކުން އިންޒާރު ދީފައި ވަނީ ފަލަސްޠީނުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުމާ ގުޅިގެންނެވެ.
ހަނިއްޔާ ޝަހީދު ކޮށްލާފައި ވަނީ އީރާނުގެ ވެރިރަށް ތަހްރާނަށް ދިން ނިރުބަވެރި ޙަމަލާއެއްގައެވެ. ޔަހޫދީ ފައުޖުން އީރާނުގެ ސިޔާދަތީ މިނިވަން ކަމަށް އަރައިގަނެ, ޤައުމީ ސަލާމަތާއި އީރާނުގެ ޢާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާ ކޮށްފައިވާ ކަމަށް އެ ޤައުމުން ގަބޫލު ކުރެއެވެ. ހަނިއްޔާގެ އިތުރުން ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ވެރިރަށް ބައިރޫތަށް ޙަމަލާދީ އެ ޤައުމުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ އަސްކަރީ ގޮފީގެ ކޮމާންޑަރު ފުޢާދު ޝުކްރު ވެސް ޝަހީދު ކޮށްލާފައެވެ.
ކާބީ ވިދާޅުވީ, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން އީރާނާއި އެކްސިސުން ޔަހޫދީންނަށް އަމާޒުކޮށް ދީފާނެ ޙަމަލާއަކުން ޔަހުދީން ދިފާޢު ކޮށްދޭން އެމެރިކާއިން ތައްޔާރަށް އޮތް ކަމުގައެވެ. މި ގޮތުން, މެދުއިރުމަތީގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ ލަޝްކަރުގެ ޢަދަދު އިތުރުކޮށްފައިވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. ބަދަލު ހިފުމުގެ ގޮތުން އީރާނާއި އެކްސިސުން ދީފާނެ ޙަމަލާއަކާ މެދު އެމެރިކާއިން ކަންބޮޑުވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
