މާލެ: 31°C

މޫސުމީ ކާރިސާތަކާ ގުޅޭ ޓާސްކް ފޯހެއް، ޗެއާ ކުރައްވަނީ ރައީސް

މޫސުމީ ކާރިސާތަކާ ގުޅޭ ޓާސްކް ފޯހެއް، ޗެއާ ކުރައްވަނީ ރައީސް
August 14, 2024
2 ފަހަރު ބަލާފައި
މޫސުމީ ކާރިސާތަކާ ގުޅޭ ޓާސްކް ފޯހެއް، ޗެއާ ކުރައްވަނީ ރައީސް
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ބުރޫ އަރާފައިވާތީ، މި ކާރިސާގެ ކަންކަން ގާތުން ބަލަން ވަޒީރުންގެ ހާއްސަ ޓާސްކްފޯހެއް އެކުލަވާލައިފި އެވެ. ޓާސްކްފޯސް ޗެއާކުރައްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ދެން ތިއްބަވަނީ ސަރުކާރު ކެބިނެޓުގެ ހަ ވަޒީރަކާއި، ވަޒީރުންގެ ފެންވަރުގައި އައްޔަން ކުރައްވާފައިވާ ތިން ބޭފުޅެކެވެ. ޓާސްކް ފޯސް:
  1. ޗެއާ: ރައީސް ޑރ. މުހައްމަދު މުއިއްޒު
  2. ޑިފެންްސް މިިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
  3. ހޯމް މިނިސްޓަރު އަލީ އިހުސާން
  4. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
  5. ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލު
  6. އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް
  7. ލޯކަލް ގަވަަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
  8. ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒު
  9. ޗީޕް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ
  10. ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި 20 އަށް ވުރެ ގިނަ ރަށަކުން ފެން ބޮޑުވެގެން ރިޕޯޓްކޮށްފައިވެ އެވެ. އެންމެ ބޮޑު އަސަރެއްކޮށްފައިވަނީ ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށާއި މާލެ ސިޓީއަށެވެ. ހއ. އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށުގެ ތެރެއިން ތުރާކުނު ފިޔަވައި އެހެން ހުރިހާ ރަށަކުން ފެން ބޮޑުވެގެން މި ދެ ދުވަހު ރިޕޯޓްކޮށްފައިވެ އެވެ. އެއިން ހަތަރު ރަށެއްގެ 12 ގެއަކުން މީހުން ނުކުންނަން ޖެހުނެވެ. މާލޭގެ ތިން ގެއަކުން މީހުން ނުކުންނަން ޖެހިފައިވެ އެވެ. ގޭތެރެއަށް ފެން ވަދެގެން މާލޭން 200 އަށް ވުރެ ގިނަ ގެއިން ރިޕޯޓްކޮށްފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ