މާލެ: 31°C

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 18.30 ރުފިޔާއަށް އުފުލިއްޖެ

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 18.30 ރުފިޔާއަށް އުފުލިއްޖެ
August 13, 2024
2 ފަހަރު ބަލާފައި
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 18.30 ރުފިޔާއަށް އުފުލިއްޖެ

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 18.30 ރުފިޔާއަށް އަރައިފިއެވެ.

ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި އަގު އުފުލުމުގެ އިތުރުން ކަޅު ބާޒާރުން ވެސް ބޭނުންވާ ވަރަށް ޑޮލަރު ލިބުމުގެ ދަތިކަން އެބައޮތެވެ.

ރާއްޖޭގައި ސެންޓުގެ ވިޔަފާރި ހިންގާ ވިޔަފާރިވެރިއަކު ބުނީ ފާއިތުވި ދެމަހެއްހާ ދުވަހުގެ ތެރޭގައި އެންމެ އަގު ހެޔޮކޮށް ޑޮލަރު ގަންނަން ލިބުނީ 18.20 ރުފިޔާއަށެވެ.

ކޭޝް ޑޮލަރު މުޅިންވެސް މިލިބެނީ 18.30 ރުފިޔާގެ ރޭޓުން. ނަސީބު ރަނގަޅު ދުވަހެއްގައި 18.20 ރުފިޔާއަށް ޓްރާންސްފައެއް ހަދައިދީފާނެ. ޑޮލަރުގެއަގުބޮޑު ވެގެންނާ ބޭނުންވާ ވަރަށް ޑޮލަރު ނުލިބިގެން ދެތިން ޓީޓީ މިހާރުވެސް ނުހެދި އެބަހުރި. ބޭންކުންވެސް ޑޮލަރެއް ހަމަ ނުލިބޭ،އޭނާ ކިޔައިދިނެވެ.

ޑޮލަރާއި ފްރައިޓުގެ އަގު ބޮޑުވުމުން ބާޒާރުގައި މުދަލުގެ އަގު ވަނީ އުފުލެން ފަށާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ