މާލެ: 31°C

ބައެއް ރަށްރަށުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް

ބައެއް ރަށްރަށުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް
August 13, 2024
2 ފަހަރު ބަލާފައި
ބައެއް ރަށްރަށުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް

މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ބޯކޮށް ވާރޭވެހި 9 ރަށެއްގައި ފެންބޮޑުވެއްޖެ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) ގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ ވިއްސާރާގައި ރަށްރަށަށް ލިބެމުންދާގެއްލުންތައް ކައިރިން ބަލަމުންދާ ކަމަށެވެ.

އެގޮތުން އިއްޔެ ހަވީރު 6 އާ ހަމަޔަށް 9 ރަށަކުން ވައިގަދަވެގެންނާއި ފެންބޮޑުވެގެން ރިޕޯޓު ކޮށްފައިވާ ރަށްތަކުގެ ލިސްޓެއް އެންޑީއެމްއޭއިން ވަނީހިއްސާކޮށްފަ އެވެ.

އެ ރަށްތަަކަކީ

  • ސ. މަރަދު
  • ސ. ފޭދޫ
  • ސ. ހިތަދޫ
  • ގއ. ދެއްވަދޫ،
  • ޅ. ނައިފަރު،
  • ޅ. ކުރެންދޫ،
  • ކުޅުދުއްފުށި ސިޓީ
  • ހއ. ބާރަށް
  • ހއ. ދިއްދޫ

މި ދުވަސްވަރަކީ ވިއްސާރަ ދުވަސް ވަރަކަށް ވާތީވެ ރާއްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ކަމާ ބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ