މާލެ: 31°C

އާސަންދައިން އަގުހެޔޮ ކުރުމަށް ޕެކޭޖް ހަދަނީ

އާސަންދައިން އަގުހެޔޮ ކުރުމަށް ޕެކޭޖް ހަދަނީ
August 12, 2024
2 ފަހަރު ބަލާފައި
އާސަންދައިން އަގުހެޔޮ ކުރުމަށް ޕެކޭޖް ހަދަނީ

ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލުތަކުން ފޯރުކޮށްދެމުން އަންނަ ސިއްހީ ހިދުމަތްތަކުގެ އަގުބޮޑު ކަމަށާއި މައްސަލައިގެ ހައްލެއް ކަމުގައި ދެކެނީ ޕެކޭޖް ހަދައިގެން އޭގެތެރެއިން އާސަންދަ ދިނުން ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާއީ ކޮމިޓީގައި އެ ކޮމިޓީގެ މުގައްރިރު އަދި މާފަންނު މެދު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަސްމާ ރަޝީދު މިއަދު ވިދާޅުވީޕްރައިވެޓް ހޮސްޕިޓަލްތަކުން ހިތުހުރި އަގެއް ބިލު ކުރަމުން އަންނަ ކަމަށެވެ. އެކަން ރިވައިސް ކުރުމަށް އެއްވެސް މަސައްކަތެއް ކުރަމުން ދޭތޯ މެމްބަރު ވަނީސުވާލު ކުރައްވާފަ އެވެ.

ސުވާލުގެ ޖަވާބުގައި ޒީނިޔާ ވިދާޅުވީ އެކަމާ ގުޅުންހުރި ކަންބޮޑުވުންތައް މިދިޔަ ހަފުތާގައި ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ވެސް ގުޅުއްވައިހިއްސާކުރެއްވި ކަމަށެވެ. މިނިސްޓަރުގެ ލަފަޔާ އެކު އެކަމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ޕްރައިވެޓް ހޮސްޕިޓަލުތަކުން ފަރުވާ ހޯދަން މީހުން ދަނީ ސަރުކާރުން ހިންގާ އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ކިއު ދިގުވުމުން ޑޮކްޓަރަށްދެއްކޭނެ ފަސޭހަ އިންތިޒާމެއް ނެތުމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ