ރައީސް ވިދާޅުވަނީ ޔަމީނުގެ ޝަރީއަތަށް ނުފޫޒު ނުފޯރުވާނެ ކަމަށް

ރައީސް ވިދާޅުވަނީ ޔަމީނުގެ ޝަރީއަތަށް ނުފޫޒު ނުފޯރުވާނެ ކަމަށް
ލިޔުން:
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
ރައީސް މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލާ ބައްދަލުވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެެއްވަމުންނެވެ.
ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމުގެ ތުހުމަތުތައް އެމަނިކުފާނު ކުރައްވަ އެވެ. އަދި އެކަމާ ގުޅުން ހުރި އޯޑިއޯތައްވެސް އެމަނިކުފާނު އަތްޕުޅުގައި ހުރި ކަމަށާއި ވަރަށް އަވަހަށް އެ އޯޑިއޯތައް އާއްމު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރެއް އުފެދިގެން އަންނަ ހިސާބުން ރައީސް އޮފީހުން އަދި ސަރުކާރުން އެއްވެސް ވަރެއްގެ ނުފޫޒެއް ޝަރުއީ ނިޒާމަށް ނުފޯނުވާނެ ކަމަށް ވިދާޅުވެފައިވާނެ ކަަމަށެވެ. ރައީސްކަމަށް ވަޑައިގެންނެވުމުގެ ކުރިން އެފަދަ ނުފޫޒެއް ފޯރުއްވާފައި ނުވާނެ ކަމަށް ރައީސް ވިދާޅެއް ނުވެއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ދައްކާ ވާހަކަ ތަފާތު ނުވާނެ ކަމަށެވެ. އަދި މަގާމެއްގައި ހުރި މީހަކުވެސް އެފަދަ ކަމެއް ކޮށްފިނަމަ މަގާމުން ވަކި ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
