މާލެ: 31°C

މާލީ އިދާރާތަކަށް ސިޔާސީ މީހުން އައްޔަންކުރެވޭ ގޮތަށް ހެދުން: އަމީރު ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ ބޭންކް އޮފް މޯލްޑިވްސްއަށް ނުފޫޒު ފޯރުވުން ކަމަށް

މާލީ އިދާރާތަކަށް ސިޔާސީ މީހުން އައްޔަންކުރެވޭ ގޮތަށް ހެދުން: އަމީރު ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ ބޭންކް އޮފް މޯލްޑިވްސްއަށް ނުފޫޒު ފޯރުވުން ކަމަށް
August 11, 2024
2 ފަހަރު ބަލާފައި
މާލީ އިދާރާތަކަށް ސިޔާސީ މީހުން އައްޔަންކުރެވޭ ގޮތަށް ހެދުން: އަމީރު ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ ބޭންކް އޮފް މޯލްޑިވްސްއަށް ނުފޫޒު ފޯރުވުން ކަމަށް
މާލީ އިދާރާތަކުގެ ގަވަނަންސް ގަވާއިދު ބަދަލު ކުރީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ނުފޫޒު ފޯރުވަން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. އަމީރު މިފަދައިން ވިދާޅުވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވާއިދު ކުރިން އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ އެއްވަސް މީހަކަށް ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ފައިނޭންސިން ކުންފުނިތަކުގެ ބޯޑުގައި ނުތިބެވޭ ގޮތަށް އޮތް އޮތުމަށް ބަދަލު ގެނައުމާ ގުޅިގެންނެވެ، ގަވާއިދަށް ގެނައި ބަދަލާއެކު ސަރުކާރުގެ މިނިސްޓްރީއެއް ހިންގަވާ އެންމެ އިސް ފަރާތް ނުވަތަ ކެބިނެޓުގެ މެންބަރަކަށް ބޯޑުގައި ނުތިބެވުނު ނަމަވެސް އެ ނޫން ސިޔާސީ މަގާމެއްގައި ތިބި މީހުން އެއީ ސްޓޭޓު މިނިސްޓަރެއް ނުވަތަ ޑެޕިއުޓީ މިނިސްޓަރެއް ވިޔަސް ބޯޑަކަށް ލާން މިހާރު ހުރަހެއް ނެތެވެ. މިކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާ އޮންލައިން ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި އަމީރު ވިދާޅުވީ ޒަމާނުއްސުރެން މިގޮތަށް އޮތް ގަވާއިދެއް މި ދަނޑިވަޅުގައި ކުއްލިއަކަށް ބަދަލު ކުރުމުން ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން އަމީރު ވަނީ އެއީ ބޭންކް އޮފް މޯލްޑިވްސްގައި ސިޔާސީ ނުފޫޒު ހިންގަން މަސައްކަތް ކުރަން ބޭންކް އޮފް މޯލްޑިވްސްގެ ބޯޑަށް ސްޓޭޓް މިނިސްޓަރު ލެވަލްގެ މީހުން އައްޔަނުކޮށްފައި ސީދާ ސަރުކާރުގެ ނުފޫޒު ބޭންކް އޮފް މޯލްޑިވްސްއަށް ހިންގަން ކަމަށް ތުހުމަތުކޮށްފައެވެ. ބޭންކު ފަދަ މާލީ އިދާރާތަކަކީ ސަރުކާރުގެ ނުފޫޒުން އެއްކިބާ ވެގެން ހިންގަން ޖެހޭ ތަންތަން ކަމަށްވާއިރު އެމްއެމްއޭގެ މި ނިންމުން ބަދަލުކުރަން ޖެހޭ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ. އަދި މިއީ ކުރީގެ ހުރިހާ ސަރުކާރުތަކުން ވެސް ހިފަހައްޓަމުން އައި ހަމައެއް ކަމަށް ވިދާޅުވެ ކޯޕަރޭޓް ގަވަނަންސް އުސޫލު ހިންގަން ޖާގަ ދޭން އޭނާ ގޮވާލާއްވާފައިވެއެވެ. ކޯޕަރޭޓް ގަވަނަންސް ގަވާއިދު ބަދަލުކުރީ އެ އިދާރާގެ ގަވަރުނަރު ކަމަށް އަހުމަދު މުނައްވަރު އައްޔަންކުރެއްވި ފަހުން، އެ އިދާރާއަށް ގެންނަވަމުންދާ ބަދަލުތަކުގެ ތެރެއިން ބަދަލެކެވެ. މީގެ ކުރިން އޭނާ ވަނީ އެ އިދާރާގެ އެސިސްޓަންޓް ގަވަރުނަރުގެ މަގާމު އުވާލައި ކުންފުނި ހިންގާ އޮނިގަނޑަށް ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން ކުރިން ތިބި ތިން އެސިސްޓަންޓް ގަވަރުނަރުން، ގަވަރުނަރުގެ އެޑްވައިޒަރުންނަށް ޕްރޮމޯޓު ކުރުމަށް ފަހު ފަސް ދާއިރާއަކުން މެނޭޖިން ޑިރެކްޓަރުން ނަގަން އެމްއެމްއޭއިން ވަނީ އިއުލާންކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ