މާލެ: 31°C

ފްލެޓް ލިސްޓް އިވެލުއޭޓް ކުރުމުގައި ސިޓީ ކައުންސިލުގެ ދައުރެއް އޮންނާނެ!

ފްލެޓް ލިސްޓް އިވެލުއޭޓް ކުރުމުގައި ސިޓީ ކައުންސިލުގެ ދައުރެއް އޮންނާނެ!
August 11, 2024
2 ފަހަރު ބަލާފައި
ފްލެޓް ލިސްޓް އިވެލުއޭޓް ކުރުމުގައި ސިޓީ ކައުންސިލުގެ ދައުރެއް އޮންނާނެ!
ފްލެޓު ލިސްޓު އިވެލުއޭޓް ކުރުމުގެ މަސައްކަތްތަކުގައި މާލެ ސިޓީ ކައުންސިލުގެ ދައުރެއް އޮންނާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ފްލެޓް ލިސްޓުގެ އިވެލުއޭޝަން މަސައްކަތްތައް އަދި ނުނިމޭކަން ހައުސިންގް މިނިސްޓްރީން ދާދި ފަހުން ހާމަކޮށްފައިވާ ކަމަށާއި އެ މަސައްކަތްތައް މުޅިން ނިމިގެންދާނީ ކައުންސިލުގެ ދައުރެއް އޮވެގެންކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. މާލެ ސިޓީ ކައުންސިލާއެކު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މުޅި ރާއްޖޭގައިވެސް އެންމެ ގިނަ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މާލޭގައި މައްސަލަތައް ބޮޑުވެފައިވަނީ އާބާދީ ބޮޑު ތޮއްޖެހިފައިވާ ރަށަކަށް ވުމުންނާއި މާލެއަކީ އެންމެ ޒަމާންވީ ސިޓީއަށްވުުމުންކަމަށެވެ. ރައީސް ވިދާޅުވީ، އެކަންކަމާއި ގުޅިގެން ސަރުކާރުގެ އެންމެ މުހިންމު ވައުދެއްގެ ގޮތުގައި ހިމަނައި ސިޔާސަތުތަކެއް ކަނޑައެޅިފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެއްވުމަަށްކަމަށެވެ. އަދި މާލެ ސިޓީގެ މައްސަލަތައް ހައްލުވާނީ މާލޭގެ ރައްޔިތުން ހޮވާފައިވާ ކައުންސިގެ ދައުރު އޮވެގެން ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނު ބޭނުންވެވަޑައިގަންނަވަނީ އެގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ