މާލެ: 31°C

ހުޅުމާލެ ފޭސް 3ގައި ދެލައްކައެއްހާ މީހުން އާބާދުވާނެ:ރައީސް

ހުޅުމާލެ ފޭސް 3ގައި ދެލައްކައެއްހާ މީހުން އާބާދުވާނެ:ރައީސް
August 11, 2024
2 ފަހަރު ބަލާފައި
ހުޅުމާލެ ފޭސް 3ގައި ދެލައްކައެއްހާ މީހުން އާބާދުވާނެ:ރައީސް
ހުޅުމާލޭ ފޭސް 3ގައި ދެލައްކައެއްހާ މީހުން އާބާދުވާނެ ކަމަށް ބެލެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެހެން ވިދާޅުވީ މާލޭ ސިޓީ ކައުންސިލަށް މިއަދު ކުރެއްވި ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މާލޭގެ ކުރީގެ މޭޔަރުކަން ކުރެއްވި ޑރ މުއިއްޒު މިއަދު ވަނީ މާލޭ ސިޓީ ކައުންސިލުގެ އިދާރާއަށް ޒިޔާރަތްކުރައްވައި ކައުންސިލުގެ ހުރި ޝަކުވާތައް އައްޑު އައްސާވަފަ އެވެ. އެ ޝަކުވާތައް އަޑުއެއްސެވުމަށް ފަހު ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ރައީސް މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގައި ދެ ލައްކައެއްހާ މީހުން އާބާދުވާނެ ކަމަށް ބެލެވޭއިރު އެ އާބާދީއަށް ހިދުމަތް ދެވޭ ވަރަށް އިތުރު ސްކޫލުތައް ބޭނުންވާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ޕްލޭނުގައި ހިމަނާފައި އޮތީ ހުޅުމާލޭގެ ސްކޫލުތަކުގެ އަދަދު 22 އަށް ހެދުމެވެ މި ފަސް އަހަރުގެ ތެރޭގައި ހުޅުމާލޭގައި 7 ސްކޫލެއް އެޅޭތޯ މަސައްކަތްކުރައްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. މީގެ އިތުރުންވެސް އެސަރަހައްދުގައި މީހުން ދިރިއުޅެން ފަށާއިރު ކޮންމެހެން ގާއިމްކުރަންޖެހޭ ވަސީލަތްތައް ފާހަގަކޮށް އެކަންކަން ހަމަޖެއްސުމަކީ ސަރުކާރުން މިހާރުވެސް ރާވަމުންދާ ކަންކަމެވެ. ހުޅުމާލޭ ތިން ވަނަ ފިޔަވަހީގައި ހިމެނޭ ސަރަހައްދު ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުން އެބަ ގެންދެއެވެ. ސަރުކާރުގެ އަމާޒަކީ މިފަސް އަހަރުގެ ތެރޭގައި ހުޅުމާލޭ ފޭސް 3 އާބާދުކުރުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ