މާލެ: 31°C

ގޭންގް، މަސްތުވާތަކެތި، ބިދޭސިންގެ މައްސަލަ: މިނިސްޓަރުގެ އެޖެންޑާގެ އެންމެކުރީގައި

ގޭންގް، މަސްތުވާތަކެތި، ބިދޭސިންގެ މައްސަލަ: މިނިސްޓަރުގެ އެޖެންޑާގެ އެންމެކުރީގައި
August 11, 2024
2 ފަހަރު ބަލާފައި
ގޭންގް، މަސްތުވާތަކެތި، ބިދޭސިންގެ މައްސަލަ: މިނިސްޓަރުގެ އެޖެންޑާގެ އެންމެކުރީގައި
މަސްތުވާތަކެއްޗާއި، ގޭންގު އަދި ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރެއްވުމަކީ އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަންތައްތައް ކަމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. "ރައްކާ" ރޯޑް ސޭފްޓީ ޕްރޮގްރާމަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތުގައި ވާހަކަ ދައްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަކީ އަދުގެ ސަރުކާރުގެ ވަރަށް މުހިންމު އެއް އަމާޒު ކަމަށެވެ. އިހުސާން ވިދާޅުވީ، އެކަން ހާސިލުކުރުމުގެ އެތިން މަސައްކަތެއް ވަރަށް އިސްކަން ދީގެން ކުރަމުން އައިސްފައިވާކަމަށެވެ. އިހުސާން ވިދާޅުވީ، އޭގެ ތެރޭގައި ރާއްޖެ މަސްތުވާތަކެތީގެ ވަބާއިން އެއްކޮށް ސަލާމަތްކުރުން ހިމެނޭ ކަމަށެވެ. އަދި ގޭންގު ހަދައިގެން ކުރަމުންދާ ކުށްތަކުން ރާއްޖެ އެއްކޮށް މިންޖުކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި ތިންވަނަ ކަމެއްގެ ގޮތުގައި އިހުސާންވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކަމަށް ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، އެއީ އެންމެ އިސްކަން ދީގެން ކުރަމުން އަންނަ މަސައްކަތްތައްކަމަށާއި އެ މަސައްކަތްތައް ކުރަމުންދާއިރު ރައްޔިތުުން އެއްބާރުލުން ދީގެން ނޫނީ އެކަންކަމުގެ ހަގީގީ ނަތީޖާ ފެނިގެން ނުދާނެކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ