ހަސީނާ އިސްތިއުފާއެއް ނުދެއްވާ: އާއިލާ

ހަސީނާ އިސްތިއުފާއެއް ނުދެއްވާ: އާއިލާ
ލިޔުން:
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އިސްތިޢުފާ ދެއްވާފައި ނުވާކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
"އަޅުގަނޑުގެ މަންމާފުޅު އިސްތިޢުފާ ދެއްވާފައެއް ނުވޭ. އިސްތިޢުފާ ދެއްވަން ވަގުތެއް ވެސް ނުލިބޭ،" ޙަސީނާ އިސްތިޢުފާ ދެއްވާފައި ކަން ދޮގު ކުރައްވައި އޭނާގެ ދަރިކަލުން ސަދީބް ވާޒިބް ޖޯއި ވިދާޅުވިއެވެ. ޙަސީނާ ފިއްލަވައި, ޤައުމު ދޫކޮށް ވަޑައިގަންނަވާފައި ވަނީ މުޒާހަރާގެ ބައިވެރިން, ބޮޑުވަޒީރުގެ ރަސްމީ ގަނޑުވަރު ކޮޅަށް ވަދެ, އެ ތަން ހިސާރު ކުރަން މަސައްކަތް ފެށުމުންނެވެ.
ޙަސީނާގެ ސަރުކާރާ ދެކޮޅަށް ކޮލެޖުތަކާއި ޔުނިވަރިސިޓީތަކުގެ އެތަކެއް ހާސް ދަރިވަރުން ނިކުމެ ކުރަމުން ދިޔަ މުޒާހަރާތަކާ ގުޅިގެން އޭނާ ވަނީ އިންޑިޔާއަށް ވަޑައިގަންނަވައި, ޙިމާޔަތް ހޯއްދަވާފައެވެ. އިންޑިޔާއަށް ވަޑައިގެންނެވުމުގެ ކުރިން އޭނާ އިސްތިޢުފާ ދެއްވާފައިވާ ކަން އިޢުލާނު ކުރެއްވީ އަސްކަރިއްޔާގެ އިސް ކޮމާންޑަރު, ޖެނެރަލް ވާކިރު އަލް-ޒަމާނެވެ.
"މަންމާ ފުޅު ރާއްވަވާފައި އޮތީ ބަޔާނެއް ދެއްވައި އިސްތިޢުފާ ހުށަހަޅުއްވަން. ނަމަވެސް, މުޒާހަރާގެ ބައިވެރިން ދިޔައީ ބޮޑުވަަޒީރުގެ ރަސްމީ ގަނޑުވަރުކޮޅަށް ވަދެގަންނަން މަސައްކަތް ކުރަމުން. އެހެންވެ, އިސްތިޢުފާ ދޭނެ ވަގުތެއް ނުލިބޭ. މަންމާފުޅު ވަޑައިގެންނެވީ އަމިއްލަފުޅު ހުރިހާ އެއްޗެއް ދޫކުރައްވާފައި. ބަންގްލަދޭޝްގެ ޤާނޫނު އަސާސީގެ ދަށުން ބޮޑުވަޒީރު ކަމުގެ މަޤާމުގައި އަދިވެސް ހުންނެވީ އެ ކަމަނާ،" ޖޯއި ވިދާޅުވިއެވެ.
ޙަސީނާ އިންޑިޔާއަށް ވަޑައިގެންނެވުމާ ގުޅިގެން ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝިހާބުއްދީން ވަނީ އަސްކަރިއްޔާގެ އިސްވެރިންނާއި އިދިކޮޅު ޕާޓީތަކުގެ ވެރިންގެ މަޝްވަރާގެ މަތިން ވަގުތީ ސަރުކާރެއް އެކުލަވައިލާފައެވެ. ނަމަވެސް, ޖޯއި ވިދާޅުވީ, ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ބޭފުޅަކު އިސްތިޢުފާ ދެއްވުމުގެ ކުރިން ޤާނޫނު ހަދާ މަޖިލިސް އުވައިލައި, ވަގުތީ ސަރުކާރެއް އެކުލަވައިލުމަކީ ކޯޓުގައި ދަޢުވާ ކުރެވިދާނެ މައްސަލައެއް ކަމުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
