މާލެ: 31°C

ޕާކިސްތާން ކިޔަވާކުދިންގެ ފަހުގެ އިންޒާރު އަސްކަރިއްޔާއަށް: އިމްރާންޚާން މިނިވަންކުރުން ނޫނީ ބަންގްލަދޭޝް ގޮތަށް މުޒާހަރާ!

ޕާކިސްތާން ކިޔަވާކުދިންގެ ފަހުގެ އިންޒާރު އަސްކަރިއްޔާއަށް: އިމްރާންޚާން މިނިވަންކުރުން ނޫނީ ބަންގްލަދޭޝް ގޮތަށް މުޒާހަރާ!
August 11, 2024
2 ފަހަރު ބަލާފައި
ޕާކިސްތާން ކިޔަވާކުދިންގެ ފަހުގެ އިންޒާރު އަސްކަރިއްޔާއަށް: އިމްރާންޚާން މިނިވަންކުރުން ނޫނީ ބަންގްލަދޭޝް ގޮތަށް މުޒާހަރާ!
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަކީ ކިޔަވާކުދިންނާއި ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ސަހުސިއްޔަތެކެވެ. އިމްރާން ޚާން މިހާރު ގެންދަނީ އަސްކަރިއްޔާގެ ނުފޫޒުން ކޮށްފައިވާ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ކިޔަވާ ކުދިން ދެކޭ ގޮތުގައި ޕާކިސްތާނަށް ފަހި މާދަމާއެއް ހޯއްދަވައި ދެއްވޭނީ އިމްރާން ޚާން ފަދަ ޒަމާނީ ވިސްނުންފުޅުގެ އަހުލުވެރިއަކަށެވެ. އަދި ޕާކިސްތާނުގެ ހަގީގީ މިނިވަންކަމާއި ގައުމު ވަންތަކަން ހިފެހެއްޓޭނީވެސް އިމްރާން ޚާނަށެވެ. ކިޔަވާކުދިން އަސްކަރިއްޔާއަށް ފަހުގެ އިންޒާރެއްގެ ގޮތުގައި ބުނެފައިވަނީ މިހިނގާ އޮގަސްޓް މަހުގެ ނިޔަލަށް އިމްރާން ޚާން ފުރިހަމަ މިނިވަންކުރުމަކުން މިނިވަން ނުކޮށްފިނަމަ ގައުމުގެ ހައްގުގައި ސީދާ ހަރަކާތަށް ނުކުންނާނެ ކަމަށެވެ. އެއީ ދިގު ދެމިގެންދާ މުޒާހަރާތަކަކަށް ވެެގެން ދިއުން ވަރަށް ގާތް ކަމަށް ވެސް ކިޔަވާކުދިންގެ ފަރާތުން ބުނެފައިވެއެވެ. ދާދިފަހުން ބަންގްލަދޭޝްގެ ކިޔަވާކުދިން ބޭއްވި ސިލްސިލާ ވަރުގަދަ މުޒާހަރާތަކުގެ ނަތީޖާއެއްގެ ގޮތުން ބޮޑު ވަޒީރު ޝެއިހު ހަސީނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައި ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފައެވެ. ޕާކިސްތާނުގެ ކިޔަވާކުދިން ބުނެފައިވާ ގޮތުގައި އިމްރާން ޚާންއަށް އައިސްފައިވާ ކޯޓް ހުކުމްތަކަކީ އަސްކަރިއްޔާއިން އިމްރާން ޚާން އޮބިއެޅުމަށް އަޑިއަޑިން ރާވާފައިވާ ބޮޑު ރޭވުމެއްގެ ޖަތީޖާކަމަށެވެ. އިމްރާން ވިދާޅުވެފައިވާ ގޮތުގައި ސުލްހަވުމަށް އަސްކަރިއްޔާއާ ވާހަކަ ދައްކާނެ އެއްވެސް ގޮތެއް ނެތެވެ. އަދި އޭނާއަކީ ކުށެއް ނެތް މީހެއްކަން ސާބިތުވަންދެން އޭނާ ސިޔާސީ މަސައްކަތުގެ އިސް ސަފުގައި ދެމި ހުންނަވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ