މާލެ: 31°C
އިންޑިއާގެ ލޯނު އެހީގައި 28 މަޝްރޫއެއް ނިންމައި ހަވާލުކޮށްފި

އިންޑިއާގެ ލޯނު އެހީގައި 28 މަޝްރޫއެއް ނިންމައި ހަވާލުކޮށްފި

August 10, 2024
2 ފަހަރު ބަލާފައި
އިންޑިއާގެ ލޯނު އެހީގައި 28 މަޝްރޫއެއް ނިންމައި ހަވާލުކޮށްފި
އިންޑިއާގެ ލޯނު އެހީގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ 28 މަޝްރޫއެއް ނިންމައި ހަވާލުކޮށްފި އެވެ. އެ މަޝްރޫއުތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެ މަޝްރޫއުތަކާ ހަވާލުކުވެވަޑައިގެންފައިވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އިންޑިއާގެ ފަރާތުން އެ މަޝްރޫއުތައް ހަވާލުކޮށްދެއްވާފައިވަނީ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރެވެ. އެ މަޝްރޫއުތަކަކީ މާޗް 18, 2019 ގައި ދިވެހި ސަރުކާރާއި އިންޑީއާގެ އެގްޒިމް ބޭންކާއެކު ސޮއިކުރެވުނު 800 ޑޮލަރުގެ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކެކެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ހަމަޖެހިފައިވާއިރު މިއަދު ހަވާލުކޮށްފައިވަނީ އޭގެ ތެރެއިން މަސައްކަތް ނިމިފައިވާ 28 ރަށެއްގެ މަޝްރޫ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ