މާލެ: 31°C
ހަސީނާއަށް ހިމާޔަތްދޭން އިނގިރޭސިވިލާތާއި ޔޫރަޕުގެ އިތުރު ބައެއް ގައުމުތަކުންވެސް ދެކޮޅު

ހަސީނާއަށް ހިމާޔަތްދޭން އިނގިރޭސިވިލާތާއި ޔޫރަޕުގެ އިތުރު ބައެއް ގައުމުތަކުންވެސް ދެކޮޅު

August 10, 2024
3 ފަހަރު ބަލާފައި
ހަސީނާއަށް ހިމާޔަތްދޭން އިނގިރޭސިވިލާތާއި ޔޫރަޕުގެ އިތުރު ބައެއް ގައުމުތަކުންވެސް ދެކޮޅު
ހަމަނުޖެހުންތަކާ ގުޅިގެން ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވި ޝެއިހް ހަސީނާއަށް ހިމާޔާތްދޭން އިނގިރޭސިވިލާތާއި ޔޫރަޕުގެ އިތުރު ބައެއް ގައުމުތަކުން ދެކޮޅު ހަދައިފިއެވެ. އިންޑިއާގެ ނޫހެއްކަމަށްވާ އިންޑިއާ ޓުޑޭއިން އިތުބާރު ހުރި މަސްދަރަކާއި ހަވާލާދީ ރިޕޯޓު ކުރި ގޮތުގައި ހިމާޔާތް ހޯދުމަށް ހަސީނާ އެދުނު ޔޫރަޕުގެ ހުރިހާ ގައުމަކުންހެން ވަނީ ނޫނެކެވޭ ބުނެފައެވެ. ހަސީނާ މިވަގުތު ހުންނެވީ އިންޑިއާގައި އެވެ. އިންޑިއާގައި ހަސީނާ ހުއްނެވި ތަނެއް އަދި މިހާތަނަށް ހާމަވެފައި ނުވާއިރު އިންޑިއާ ސަރުކާރުން ވަނީ ހަސީނާއަށް ވަގުތީ ގޮތުން ހިމާޔާތްދީފައި އެވެ. އަދި އެހެން ގައުމަކުން ހިމާޔާތް ހޯއްދެވުމަށް ހަސީނާ ކުރައްވަމުން އަންނަ މަސައްކަތްޕުޅުގައި އިންޑިއާގެ ސަރުކާރުން އަންނަނީ ފުރިހަމަ އެއްބާރުލުން ދެމުންނެވެ. ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިންޑިއާގައި ދިގު މުއްދަތަކަށް މަޑުކުރަން ޖެހިއްޖެ ހާލަތަކަށް އިންޑިއާގެ ސަލާމަތީ އިދާރާތަކުން ތައްޔާރުވަމުން އަންނަ ކަމަށްވެސް އިންޑިއާ ޓުޑޭއިން ބުނެއެވެ. އިންޑިއާގެ އޮފިޝަލުން ވަނީ ބައިނަލްއަގްވާމީ ގޮތުން އެކަމަނާއާ ދެކޮޅަށް ކުރިމަތިވެފައިވާ ދެކޮޅުވެރިކަމަށް ބަލައި، އިތުރު މުއްދަތަކަށް އެކަމަނާ އިންޑިއާގައި މަޑު ކުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައި އެވެ. ހަސީނާ ބޭނުންފުޅުވަނީ ޔޫރަޕުން ހިމާޔަތް ހޯދައިގެން ދިރިއުޅެން ފަށާށެވެ. އިންޑިއާއިން ބުނެފައިވަނީ ހަސީނާއަށް ހިމާޔަތާއި ރައްކާތެރިކަން އެހެން ގައުމަކުން ކަށަވަރުކޮށްދޭން ދެން އިންޑިއާއިން ހަސީނާއަށް ހިމާޔަތްދީ ބަލަހައްޓާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ