މާލެ: 31°C
ބެންކޮކް ހޮޓަލެއްގައި ދިވެއްސަކު މަރުވި ހާދިސާ: އާއިލާއިން ބުނަނީ ގުނަވަންތައް ބުރިކޮށް މަރާލާފައި ވާކަމަށް

ބެންކޮކް ހޮޓަލެއްގައި ދިވެއްސަކު މަރުވި ހާދިސާ: އާއިލާއިން ބުނަނީ ގުނަވަންތައް ބުރިކޮށް މަރާލާފައި ވާކަމަށް

August 10, 2024
2 ފަހަރު ބަލާފައި
ބެންކޮކް ހޮޓަލެއްގައި ދިވެއްސަކު މަރުވި ހާދިސާ: އާއިލާއިން ބުނަނީ ގުނަވަންތައް ބުރިކޮށް މަރާލާފައި ވާކަމަށް
ބޭންކޮކްގެ ހޮޓަލެއްގައި ނިޔާވެފައި އޮއްވާ ފެނުނު ދިވެހި ޒުވާނާ އޮތީ މަރާލާފައިކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ބައެއް ގުނަވަންތައް ވަނީ ބުރިކޮށްލާފައެވެ. ތައިލެންޑުގެ ހޮޓަލެއްގައި މަރުވެފައި އޮއްވާ އެގައުމުގެ ފުލުހުންނަށް ފެނުނު ދިވެއްސަކީ ތ. ތިމަރަފުއްޓަށް ނިސްބަތްވާ ޒުވާނެެކެވެ. އެގޮތުން އެ ރަށު ލުނބޯމާގެ، މުއާވިޔަތު މޫސާ (30އ) ނިޔާވެފައި އޮއްވާ ފެނުނީ ވެސް އޭގެ އެއް ދުވަސް ފަހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މުއާވިއަތުގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި އޭނާއަށް ބަޔަކު ބޮޑެތި އަނިޔާތަކެއް ކޮށްފައިވާކަން ދިވެހި ހާރިޖިއްޔާއިން އާއިލާއަށް ފޮނުވި ފޮޓޯއިން އެނގެއެވެ. މުއާވިއަތުގެ މަރުގެ ޚަބަރު ދިވެހި ޚާރިއްޖާއިން އާއިލާއާ ހިއްސާކުރުމުން މުއާވިއަތުގެ ފޮޓޯއެއް ފޮނުވައިދިނުމަށް އޭނާގެ މަންމަ އާ ބައްޕަ އެދުމުން ޚާރިއްޖާއިން ފޮނުވި ފޮޓޯތަކުން ހާމަވާ ގޮތުގައި މުއާވިއަތުގެ ވައަތު ފަޔާ އަތާ ކަންފަތްވެސް ނެތެވެ. އާއިލާއިން ތުހުމަތުކުރާ ގޮތުގައި އެ ގުނަވަންތައް ވަނި ބުރިކޮށްލާފައެވެ. މުއާވިއަތުގެ މަރުގައި ޝައްކުވާ ކަންތައްތަކެއް ހުރުމުން މުއާވިއަތުގެ ހަށިގަނޑުގެ ޕޯސްޓު މޯޓަމް ވަނީ ހަދާފައެވެ. ޕޯސްޓު މޯޓަމް ރިޕޯޓް ލިބެން އަދި ތިން ހަފްތާ ނަގާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މުއާވިޔަތުގެ އާއިލާއަށް އަންގާފައިވެއެވެ. މުއާވިއަތުގެ ހަށިގަނޑު މިހާރުވަނީ ތައިލެންޑްގައި ވަޅުލާފައެވެ. ދިވެހި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ތޭރަ އޮންލައިނަށް ވިދާޅުވީ، އެކަން ހިނގާ ދިޔަ ގޮތް ހޯދުމަށް ފޮރިން މިނިސްޓްރީއާ ތައިލެންޑް ފުލުހުންނާ ގުޅިގެން ދިވެހި ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ