ފައިސަލް މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ބައްޕާފުޅު ޔާމީނަށް މެދުކެނޑުމެއްނެތި 20 އަހަރު ސިޔާސީ "އަޅުމަސައްކަތް" ކޮށްދެއްވި ކަމަށެވެ. ވަރުބަލިކަމެއް، ފޫހިކަމެއްނެތި އެ މަސައްކަތް ކޮށްދިން ކަމަށް މި ދިވެހި ގައުމު ހެކިވާނެ ކަމަށެވެ. އޭރު އެ ބައްޕަގެ ތައުލީމް ޔާމީނަށް މުހިންމު ނުވި ކަމަށެވެ.

ފައިސަލްގެ އިންތިހާ ނުރުހުން ރައީސް ޔާމީނަށް
ފައިސަލްގެ އިންތިހާ ނުރުހުން ރައީސް ޔާމީނަށް
ލިޔުން:
ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ޖައްސަވާ ސިޔާސީ ގުއިރޯނުގައި ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ދަރިކަލުން އިބްރާހިމް ފައިސަލް ރައްދު ދެއްވައިފި އެވެ.
2018 ވަނަ އަހަރު ވަނަ ޔާމީނާއި އެމަނިކުފާނުގެ އަނބިކަބަލުން ހެއްދެވި ސިހުރުގެ ތެރޭގައި މުޅި ޕީޕީއެމްގެ އޮޑި ފަރަށް އެރީ އަބްދުއްރަހީމް ހިމެނިވަޑައިގަންނަވާހެން ޕީޕީއެމްގެ ލީޑަޝިޕްގެ ގިނަބަޔަކު ދުރަށް ޖެއްސުމުން ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ އަންހެނުން ލައްވާ ޕީޕީއެމް ހިންގުވައި މުލިއާގޭގައި "ސިހުރުތަށި" ދުއްވަން އުޅުމުގެ ނަތީޖާ ކަމަށް ފައިސަލް ވިދާޅުވި އެވެ. ހަގީގަތުގައި އެ އިންތިހާބުގައި ޔާމީންގެ އަތުގައި އަލާއުއްދީނުގެ ވޮއްގަނޑާއި އުދުހޭ މުސައްލަ ނެތުމުން ކަަމަށެވެ.
ވިދާޅުވި ގޮތުގައި ވޮޑަމުލާ މައްސަލާގައި 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު، ޔާމީނަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވުމުން، ދެ ޕާޓީގެ ސިޔާސީ މަސައްކަތް ކުރަން 24 ގަޑިއިރު "ގަނަތެޅުނީ" އޭނާގެ ބައްޕާފުޅު ކަަމުގަ އެވެ. އެ ހުކުމުން ސަލާމަތްވެ، އަހަރެއްހާ ދުވަސް ފަހުން ޔާމީން އެނބުރި ވަޑައިގަތްއިރު، ޕާޓީގެ ސިޔާސީ ހަރަކާތް މެކުހަށް ޖަހައި، އެންމެން ގޮވައިގެން ދުވާލު ހަތަރުދަމު، ސަރުކާރު ޒިންމާދާރުކުރުވާ އަވައްޓެރީންނާއި ދުރުތިބީންގެ ދޮޅިދަށަން އަތްލައި އެމަނިކުފާނުގެ ހައްގުގައި އަވަދިވަމުން ދިޔައީ އަބްދުއްރަހީމްކަން މި ދިވެހި ގައުމު ހެކިވާނެ ކަމުގަ އެވެ.
2023 ވަނަ ވަނަ އަހަރުގެ ރިޔާސީ ޓިކެޓުގައި ޔާމީނުގެ ނަން ނުބޭއްވީ އެމްޑީޕީން ކަން ފާހަގަކޮށް ފައިސަލް ވިދާޅުވެފައި ވަނީ އެމީހުން އެކަން ކޮށްފައި ވަނީ ކެންޑިޑޭޓް ރައީސް ނަޝީދުގެ ކެންޑިޑެސީ އެމަނިކުފާނު އިސްވެ ހުރެ 2018 ގައި ދުއްވާލުމުގެ ބަދަލުގައި ކަމަށެވެ. އެކަން އެހެން ވާނެކަން އެނގިހުރެ، އިދިކޮޅު އެންމެ ބޮޑު ކޯލިޝަނުން ކެންޑިޑޭޓަކު ނުނެރި މުޅި ގައުމު އެމްޑީޕީ އަތަށް ދެވަނަ ދައުރަކަށް ދޭން ޔާމީން ނިންމީ އެމަނިކުފާނަށް ކުރިމަތިނުލެވޭ ނަމަ، އިންތިހާބު ބޮއިކޮޓް ކުރުމުގެ ކެހިވެރި ނިޔަތުގައި ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
