މާލެ: 31°C
"ހާލު ކިހިނެއް؟" ދެ ހަފުތާއިން ވިލިމާލޭގެ ހުރިހާ ގެއަކަށް ޒިޔާރަތްކުރަނީ

"ހާލު ކިހިނެއް؟" ދެ ހަފުތާއިން ވިލިމާލޭގެ ހުރިހާ ގެއަކަށް ޒިޔާރަތްކުރަނީ

August 8, 2024
2 ފަހަރު ބަލާފައި
"ހާލު ކިހިނެއް؟" ދެ ހަފުތާއިން ވިލިމާލޭގެ ހުރިހާ ގެއަކަށް ޒިޔާރަތްކުރަނީ
ރައްޔިތުންގެ ހާލަތު ދެނެގަނެ ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް އާއިލާތަކުގެ ހާލަތު ރަނގަޅު ކުރުމާއެކު އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށް ގެންދާ “ހާލު ކިހިނެއް؟” ޕްރޮގްރާމު ވިލިމާލޭގައި ފަށައިފި އެވެ.
ބުދަ ދުވަހުގެ ހަވީރު 4:00 ގައި ވިލިމާލޭގައި މި ޕްރޮގްރާމު ފަށާފައިވާއިރު ވަޒީރު ޑރ އައިޝަތު ޝިހާމް ވެސް ވަނީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ގެތަކަށް ޒިޔާރަތްކުރައްވާފަ އެވެ. ވިލިމާލޭގައި މި ޕްރޮގްރާމު ފަށާފައިވާ ވިލިމާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން އެ ކޮމެޓީގެ އެހީތެރިކަމާއެކުގައެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި އެ ވުޒާރާއިން ކުރިއަށް އޮތް ދެ ހަފްތާގައި ވިލިމާލޭގެ ހުރިހާ ގެތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. ވިލިމާލޭގައި މި ޕްރޮގްރާމު ފަށާފައިވާއިރު އެ ވުޒާރާއިން ގެންދަނީ ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ޒިޔާރަތްކުރަމުން ނެވެ. މި ޕްރޮގްރާމުގެ މަޤްސަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް،އެމީހުންގެ ހާލު ބަލައި މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ރައްޔިތުންނަށް ޚިދުމަތްދޭ މުއައްސަސާތަކާއި ކަމާގުޅުންހުރި އިދާރާތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު މި ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ