މާލެ: 31°C
"ވެލްކަމް އިންޑިއާ" ރޯޑް ޝޯއަށް ފަހު އިންޑިއާގައި އިންވެސްޓްމަންޓް ފޯރަމެއް

"ވެލްކަމް އިންޑިއާ" ރޯޑް ޝޯއަށް ފަހު އިންޑިއާގައި އިންވެސްޓްމަންޓް ފޯރަމެއް

August 8, 2024
2 ފަހަރު ބަލާފައި
"ވެލްކަމް އިންޑިއާ" ރޯޑް ޝޯއަށް ފަހު އިންޑިއާގައި އިންވެސްޓްމަންޓް ފޯރަމެއް
އިންޑިއާގައި ބޭއްވި"ވެލްކަމް އިންޑިއާ" ރޯޑް ޝޯ ކާމިޔާބު ކަމަށާއި، މިހާރުގެ ވިސްނުންފުޅަކީ އެޤައުމުގެ އިންވެސްޓްމެންޓުތަކެއް ރާއްޖެ ގެނައުމުގެ މަޤްޞަދުގައި އިންވެސްޓް ފޯރަމެއް ބޭއްވުންކަމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ. ފަތުރުވެރިކަމާއިބެހޭ ވަޒީރު މިހެން ވިދާޅުވީ ވެލްކަމް އިންޑިއާ ރޯޑް ޝޯ ނިންމާލުމަށް ފަހު ރާއްޖެއަށް ވަޑައިގެން އިންޑިއާގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިސްވެހުންނަވާ އިންޑިއާގެ ބޮޑު 3 ސިޓީއެއްގައި ރޯޑް ޝޯވްތަކެއްވަނީ ބާއްވާފައެވެ. މި ރޯޑް ޝޯވތައް ބާއްވާފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް، މަޓާޓޮ އަދި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެންއެޗްޖީއޭއެމް ގުޅިގެންނެވެ. މި ރޯޑްޝޯތައް ބޭއްވީ 30 ޖުލައިގައި ނިއުދިއްލީގައި، 01 އޯގަސްޓްގައި މުމްބާއީގައި އަދި 03 އޮގަސްޓްގައި ބެންގަލޫރުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ