މާލެ: 31°C
ފެނަކައިން ކޮންޓްރެކްޓް ސްޓާފުން ދޫކޮށްލަނީ، މުސާރައަށް މަހަކު ހަތް މިލިއަނަށްވުރެ މައްޗަށް

ފެނަކައިން ކޮންޓްރެކްޓް ސްޓާފުން ދޫކޮށްލަނީ، މުސާރައަށް މަހަކު ހަތް މިލިއަނަށްވުރެ މައްޗަށް

August 8, 2024
2 ފަހަރު ބަލާފައި
ފެނަކައިން ކޮންޓްރެކްޓް ސްޓާފުން ދޫކޮށްލަނީ، މުސާރައަށް މަހަކު ހަތް މިލިއަނަށްވުރެ މައްޗަށް
ކޮންޓްރެކްޓް ސްޓާފުންގެ ގޮތުގައި ނަގާފައި ތިބި މުވައްޒަފުންގެ މުސާރައަށް ކޮންމެ މަހަކު ހަތް މިލިއަން އާއި ނުވަ މިލިއަން ރުފިޔާ ހަރަދު ކުރުމަކީ ކުންފުނީ މާލީ ހާލަތައް ބަލާއިރު ކުރެވޭ ވަރަށް ވުރެން ބޮޑު ހޭދައަކަށް ވުމުން ވަގުތީ މުވައްޒަފުން ވަކި ކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ. މީގެ އިތުރުން ފެނަކައިން ބުނީ މިދިޔަ ޑިސެންބަރު މަހުގައި ފެނަކައިން ވާނީ އެކި އެކި ސަބަބު ތަކާހުރެ ހުއްޓިފައި ހުރި ކޮންސްޓްރަކްޝަން މަސައްކަތް ތަކަށް ނަގާފައިވާ ކޮންޓްރެކްޓް ސްޓާފުންގެ މުއްދަތު ހަމަވުމުން އެފަދަ މުވައްޒަފުންގެ އެއްބަސްވުން އާ ނުކުރާނެކަމަށް ކުރިންވެސް އަންގާފައި ކަމަށެވެ. އެ ކުންފުނިން ބުނީ ޕްރޮޖެކްޓްތަކަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމުގެ ބަދަލުގައި އެ މަސައްކަތްތައް ކުރާނެ ބަޔަކު ހޯދައިގެން އެކަން ކުރަން ނިންމާފައިވާކަމަށެވެ. އަދި ބައެއް ޕްރޮޖެކްޓުތައް ހިންގާނެ ބަޔަކު ހޯދަން ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ. ފެނަކަ ކުންފުނީގައި ވަކި މަސައްކަތް ތަކަކަށް ހާއްސަ ކޮށްގެން ކޮންޓްރެކްޓް ސްޓާފުންގެ ގޮތުގައި މިދިޔަ މެނެޖްމަންޓުން ވަނީ 2،000 މުވައްޒަފުން ނަގާފައިވާކަމަށް ފެނަކައިން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރެއިން 1،800 މީހުން ނަގާފައި ހުރީ ކުދިކުދި މަސައްކަތްތަކަށް ކަމަށް ފެނަކައިން ބުނެއެވެ .އޭގެ ތެރެއިން އިންޖީނުގެ އާއި އޮފީސް އިމާރާތްތައް ހަދަން 731 މުވައްޒަފުން ވަނީ ނަގާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ