
އަނަސްގެ މަރުގެ ތުހުމަތުގައިވާ މީހުން އަލުން ބަންދުކޮށްދޭން ދައުލަތުން އެދިއްޖެ
އަނަސްގެ މަރުގެ ތުހުމަތުގައިވާ މީހުން އަލުން ބަންދުކޮށްދޭން ދައުލަތުން އެދިއްޖެ
ލިޔުން:
ތޫނު އެއްޗަކުން ހަމަލާ ދީ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ރ. މީދޫ ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލި މައްސަލައިގައި ދައުލަތުން ދައުލަތުން ދައުވާ އުފުލާފައި ތިބި އެންމެންގެ މައްޗަށް ކުށް ސާބިތުނުވެ މިނިވަންވި މައްސަލަ ހައިކޯޓުގައި ފަށައި އެ މީހުން ބަންދުކޮށްދޭން ދައުލަތުން އެދެފި އެވެ.
އަނަސް މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތަށް ހައްޔަރުކޮށް ޝަރީއަތް ކުރަމުން ދިޔަ މީހުން ހަތް އަހަރު ފަހުން ކޯޓުން މިނިވަންވި އިރު އޭގެ ތެރެއިން އެކަކު ދާދިފަހުން މަސްތުވާތަކެތީގެ މައްސަލައެއްގައި ވަނީ ހައްޔަރުކޮށްފައެވެ. ސަރުކާރުން ވެސް ކަންބޮޑުވުންފާޅުކޮށް، ބަޔާން އާންމު ކުރި މި މައްސަލަ އިސްތިއުނާފަށް އެދި އޭރު ހުށަހެޅިފައި ނުވަނީ ރިޕޯޓު ލިބިފައި ނުވާތީއެވެ. މައްސަލަ އެކި ގޮތްގޮތުން ލަސްވިއިރު، ހުކުމް ވެސް ކުރީ ޝަރީއަތް ނިމުނުތާ އަހަރެއް ފަހުންނެވެ.
އަނަސްގެ މަރުގެ ތުހުމަތަށް ހައްޔަރު ކުރި ހަތް މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާކަމަށް ކަނޑައަޅައި ކޯޓުން ހުކުމް ކުރީ މިއަހަރުގެ ފެބްރުއަރީ 25 ގަ އެވެ. މި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ މޭއި މަހުގެ 14 ވަނަ ދުވަހުއެވެ.
2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ، އަނަސް މަރާލި މައްސަލައިގައި ދައުވާކޮށްފައި ވަނީ ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާން އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށެވެ.
ހައިކޯޓުގައި މައްސަލައިގެ އިސްތިއުނާފު އިއްޔެ ފެށިއިރު ދައުވާ ލިބޭ މީހުންގެ ތެރެއިން ބައެއް މީހުން ވަކީލުން ހަމަޖައްސާފައި ނެތުމުން އެކަމަށް ހަފްތާއެއްގެ މުއްދަތު ދޭން އެ މީހުން އެދުނެވެ. އަދި އެ ފުރުސަތު ފަނޑިޔާރުންގެ ބެންޗުން ވަނީ މިއަދު ދީފަ އެވެ.
މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މިއީ ވަކީލުން ހަމަޖައްސަން ދޭ ފަހު ފުރުސަތުކަމަށާއި، ދެން ތާވަލު ކުރާ އަޑުއެހުމެއްގައި ވަކީލަކު ނެތި ވެސް ޝަރީއަތް ކުރިޔަށްގެންދާނެ އެވެ.
ދައުވާ ލިބޭ މީހުން ބަންދުކޮށްދޭން ދައުލަތުން އެދުނު ނަމަވެސް ޝަރީއަތުން ގޮތެއް ނިންމާފައި ނުވަނީ، އެ މީހުންނަށް ވަކީލަކު ހަމަޖެހިފައި ނުވާތީ އެވެ.
މި މައްސަލަ ހައިކޯޓުގައި ބައްލަވަނީ ފަނޑިޔާރު މުހައްމަދު ޝަނީޒާއި، އިސް ފަނޑިޔާރު ހުސެއިން ޝަހީދާއި، ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަނީޒެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
