މާލެ: 31°C
ބޯކޮށާ ހަތަރު ތަނެއް ބަންދުކޮށް، ހަތް ބިދޭސީއަކު ޑިޓެންޝަނަށް

ބޯކޮށާ ހަތަރު ތަނެއް ބަންދުކޮށް، ހަތް ބިދޭސީއަކު ޑިޓެންޝަނަށް

August 8, 2024
3 ފަހަރު ބަލާފައި
ބޯކޮށާ ހަތަރު ތަނެއް ބަންދުކޮށް، ހަތް ބިދޭސީއަކު ޑިޓެންޝަނަށް
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަންއާ ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަންގައި ހުޅުމާލޭގައި ހިންގާ ބޯކޮށާ 4 ތަނެއް ބަންދުކޮށް އެ ތަނުގައި މަސައްކަތްކުރަމުން ދިޔަ 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަންގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ އިއްޔެ ހެނދުނު ކުރި ރެއިޑްގައި ބޯކޮށާ 6 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންނަކީ ލިޔެކިޔުމެއް ނެތި ރާއްޖޭގައި އުޅެމުންދާ މީހުންނެވެ. އެ މީހުންގެ ވަނަވަރެއް ހާމައެއް ނުކުރެ އެވެ. ބޯކޮށާ ތަނަކުން ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ހުޅުމާލޭގައި ބިދޭސީން ހިންގަމުންދާ ކޮފީއާއި ޓޭކްއަވޭ ފިހާރަތަކަށް ހާއްސަކޮށް މިދިޔަ އަންގާރަ ދުވަހު ވަނީ ރެއިޑެއް ހިންގާފަ އެވެ. އެ ރެއިޑުގައި 7 ތަނެއް ބަލާ ފާސްކޮށް ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުން ދިޔަ 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ހަމަ އެ ދުވަހު ވީރާނާވެފައިވާ ގެއެއްގައި ކާތަަކެތި ތައްޔާރުކުރަމުން ދިޔަ 3 ބިދޭސީއަކު ވެސް އިމިގްރޭޝަރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ