އަބްދުއްރަހީމް ވިދާޅުވީ މުޒާހަރާއަކަށް ނިކުންނަން އުޅެފިނަމަ ރައީސް ޔާމީން އެންމެ އަރިހުގައި އުޅުއްވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ސީޕީ ހުސައިން ވަހީދު ނުފެންނާނެ ކަމަށެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ދިވެހި ލޭ ހިނގާ ދިވެހި ދަރިން ތިއްބާ ބަންގްލަދޭޝްއަށް ހެދިހެން މި ގައުމަށް ނުހެދޭނެ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ މި ގައުމުގެ މިނިވަންކަމާއި އަމާންކަމާއި ރައްކާތެރިކަމާއި އިސްތިގުލާލު އަދި ރައްޔިތުންގެ ފުދުންތެރިކަމާ ހިސާބަށް ދިއުމުން މަޑުން ނުތިއްބަވާނެ ކަމަށެވެ. އަދި ކުރިމަތިލައްވަން ކެރިވަޑައިގަންނަވާނެ ކަމަށާއި ބުނަން ޖެހުނު ކޮންމެ ބަހެއް ވިދާޅުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.







