
ހަމާސްގެ ސިޔާސީ ގޮފީގެ ވެރިއަކަށް އަސްކަރީ ކޮމާންޑަރު ސިންވާރު
ހަމާސްގެ ސިޔާސީ ގޮފީގެ ވެރިއަކަށް އަސްކަރީ ކޮމާންޑަރު ސިންވާރު
ލިޔުން:
ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ އިސް ވެރިއަކަށް އަސްކަރީ ކޮމާންޑަރެއް ކަމުގައިވާ ޔަޙްޔާ އަލް-ސިންވާރް ޢައްޔަން ކޮށްފިއެވެ. އެ މަޤާމަށް ސިންވާރް ޢައްޔަން ކޮށްފައި ވަނީ, ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ޙަމަލާއެއްގައި އެ މަޤާމު ފުރުއްވަމުން ގެންދެވި އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުމުންނެވެ.
ހަނިއްޔާ ޝަހީދު ކޮށްލާފައި ވަނީ އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް އީރާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ސިންވާރު އަކީ ޔަހޫދީންގެ "މޯސްޓް ވޯންޓެޑް ލިސްޓް"ގެ އެންމެ ކުރީގައި ހިމެނޭ ނަމެކެވެ. ޔަހޫދީން ތުހުމަތު ކުރާ ގޮތުގައި, އަޅުވެތިކަމާ ދެކޮޅަށް ތެދުވެ މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހު ހަމާސުން ޔަހޫދީންގެ ރަށްތަކަށް ދިން ޙަމަލާގެ މޭސްތިރިއަކީ ސިންވާރެވެ. އޭނާ މި ވަގުތު ހުންނެވީ ޣައްޒާގައެވެ. އޭނާ ޝަހީދު ކޮށްލުމުގެ ބޭނުމުގައި ޔަހޫދީ ފައުޖުން އެތަކެއް ފަހަރެއްގެ މަތިން މަސައްކަތްކޮށް, ޣައްޒާއަށް ރަޙުމު ކުޑަ ޙަމަލާތަކެއް އަމާޒުކޮށްފައިވެއެވެ.
"އިސްލާމީ ހަރަކާތް ޙަމާސްގެ ސިޔާސީ ގޮފީގެ ކޮމާންޑަރު އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުމާ ގުޅިގެން, އެ މަޤާމަށް ކޮމާންޑަރު ޔަޙްޔާ ސިންވާރް ޢައްޔަން ކޮށްފައިވާ ކަން އިޢުލާނު ކުރަން،" ޙަމާސުން ނެރުނު ބަޔާނެއްގައި ބުންޏެވެ. މި ޚަބަރު ދީފައި ވަނީ, ހަނިއްޔާ ޝަހީދު ކޮށްލުމުން އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ޙަމާސުން ދީފާނެ ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާއަކަށް ޔަހޫދީން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
