މާލެ: 31°C
ކައުންސިލް ބައި އިލެކްޝަން ދެން ބާއްވާނީ އަހަރަކު ދެފަހަރު

ކައުންސިލް ބައި އިލެކްޝަން ދެން ބާއްވާނީ އަހަރަކު ދެފަހަރު

August 7, 2024
2 ފަހަރު ބަލާފައި
ކައުންސިލް ބައި އިލެކްޝަން ދެން ބާއްވާނީ އަހަރަކު ދެފަހަރު
ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. އެ އިސްލާހު އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމުގެ ގާނޫނަށް ހުށަހެޅީ ސަރުކާރުގެ ފަރާތުން އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއު އެވެ. އެ ބިލް ލާމަރުކަޒީ ކޮމިޓީއިން ދިރާސާކުރުމަށްފަހު މިއަދު މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާފައިވާއިރު ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ 74 މެންބަރެކެވެ. އޭގެ ތެރެއިން 67 މެންބަރަކު ފާސްކުރަން ވޯޓު ދެއްވިއިރު ބިލާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 7 މެންބަރުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ