މާލެ: 31°C
ތުރުކީން ގޮތެއް ދުލެއް ނުކުރި، އެންމެ ފަހުން އިންސްޓަގްރާމް ބްލޮކް

ތުރުކީން ގޮތެއް ދުލެއް ނުކުރި، އެންމެ ފަހުން އިންސްޓަގްރާމް ބްލޮކް

August 7, 2024
2 ފަހަރު ބަލާފައި
ތުރުކީން ގޮތެއް ދުލެއް ނުކުރި، އެންމެ ފަހުން އިންސްޓަގްރާމް ބްލޮކް
ތުރުކީވިލާތުގެ ޤާނޫނުތަކަށް ބޯލަނބަން ދެކޮޅު ހެދުމުން މަޝްހޫރު ސޯޝަލް މީޑިޔާ މަންސަ އިންސްޓަގްރާމް ބްލޮކް ކޮށްފިއެވެ. ތުރުކީވިލާތުން އިންސްޓަގްރާމް ބްލޮކުކޮށްފައި ވަނީ, ޔަހޫދީންނަށް ތާޢީދު ކުރުމުގެ ގޮތުން އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި މެޓާ ޕްލެޓްފޯމްސް އިންކޯޕޮރޭޓެޑުން (މެޓާ)އިން ހިންގަމުންދާ ޢަމަލުތައް ބައެއް ޤައުމުތަކުން ކުށްވެރި ކުރަމުންދާ ދަނޑިވަޅެއްގައެވެ. ފަލަސްޠީނުގެ ޙައްޤުތަކަށް ވަކާލާތުކޮށް ތުރުކީވިލާތުގެ ސަރުކާރުގެ އިސް ފަންތީގެ ބޭފުޅުންގެ ރަސްމީ އެކައުންޓުތަކުން ޝާއިޢު ކުރާ ޕޯސްޓުތައް މެޓާއިން ފޮހެމުންދާ ކަމަށް އެ ޤައުމުން ތުހުމަތު ކުރެއެވެ. އެ ގޮތުން, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުމުން, އެ ކަމުގެ ހިތާމަ ފާޅު ކުރުމުގެ ގޮތުން ތުރުކީވިލާތުގެ ސަރުކާރުގެ އިސްވެރިން ޝާއިޢު ކުރި ޕޯސްޓުތައް އިންސްޓަގްރާމުން ފޮހެފައިވާ ކަމަށް އެ ޤައުމުން ތުހުމަތު ކުރެއެވެ. "އަޅުގަނޑުމެން ވާނީ އިންސްޓަގްރާމަށް އިންޒާރު ކޮށްފައި. އަޅުގަނޑުމެން ބޭނުން ވަނީ ބައެއް ޤަވާޢިދުތަކަށް އިޙުތިރާމު ކުރަން. މި ކަމުގެ ތެރެއަށް ވަންނަން ސަރުކާރަށް ޖެހުނީ, އިންސްޓަގްރާމުން އެ އެންގުންތަކަށް ބޯނުލަނބާތީ،" ދަތުރުފަތުރާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޢަބްދުލްޤާދިރު އުލަލޯލޯ ވިދާޅުވިއެވެ. "އަޅުގަނޑުމެން މި ދަނީ އެ މީހުންނާ މަޝްވަރާ ކުރަމުން. އަޅުގަނޑުމެން ބޭނުންވާ ކަންކަން އެ މީހުންނާ ހިއްސާ ކޮށްފައިވާނެ. އެ ކަންކަން އިސްލާޙު ކުރުމުން އަންބްލޮކްކޮށް އަލުން އެކްސެސް ދޭނަން. މިއީ, ޤާނޫނުތަކާއި ޤަވާޢިދުތަކެއްގެ މައްޗަށް ބިނާވެފައި އޮތް ޤައުމެއް،" އޭނާ ވިދާާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ