މާލެ: 31°C
މާލޭ ސިޓީ ކައުންސިލް: ތިން މެމްބަރުން ހުވާކުރައްވައިފި

މާލޭ ސިޓީ ކައުންސިލް: ތިން މެމްބަރުން ހުވާކުރައްވައިފި

August 7, 2024
2 ފަހަރު ބަލާފައި
މާލޭ ސިޓީ ކައުންސިލް: ތިން މެމްބަރުން ހުވާކުރައްވައިފި
މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ތިން މެމްބަރުން ހުވާކުރައްވައިފިއެވެ. މާލޭ ކައުންސިލުގެ ބައި-އިލެކްޝަންގައި އަލަށް އިންތިހާބުކުރި ތިން މެމްބަރުން ހުވާކޮށްފައިވަނީ މިއަދު ހެނދުނު މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މާލޭ ކައުންސިލުގެ ބައި-އިލެކްޝަން ކާމިޔާބުކޮށް މެމްބަރުކަމުގެ ހުވާކޮށްފައި ވަނީ ވެރިކަން ކުރާ މައި ޕާޓީ، ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ ތިން މެމްބަރުންނެވެ. އެއީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ފާތިމަތު ޝައުފާ ސަލީމް އާއި  މައްޗަންގޮޅި މެދު ދާއިރާގެ ފާތިމަތު އިޝާން އަލީގެ އިތުރުން ހުޅުމާލެ ދާއިރާގެ އަލީ އައިމަންއެވެ. ކައުންސިލަރަކަށް ޝައުފާ އިންތިހާބުވެފައި ވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ވާދަކުރި މުހައްމަދު އަލީ ޖިނާދުއާ ވާދަކޮށް 269 ވޯޓު ހޯއްދަވައިގެންނެވެ. އިޝާން އިންތިހާބު ކާމިޔާބު ކުރެއްވީ ހައްވާ ޝިފާނާ އާ ވާދަކޮށް 315 ވޯޓާ އެކުގަ އެވެ. އަލީ އައިމަން ކައުންސިރަކަށް ހޮވި ވަޑައިގެންނެވީ 491 ވޯޓުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ