މާލެ: 31°C
ރިޓަޔަމަންޓް ޕެންޝަން ފަންޑަށް މަހަކު 143 މިލިއަން ރުފިޔާ

ރިޓަޔަމަންޓް ޕެންޝަން ފަންޑަށް މަހަކު 143 މިލިއަން ރުފިޔާ

August 6, 2024
2 ފަހަރު ބަލާފައި
ރިޓަޔަމަންޓް ޕެންޝަން ފަންޑަށް މަހަކު 143 މިލިއަން ރުފިޔާ

ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ދަށުން މަހަކު 143 މިލިއަން ރުފިޔާ ޕެންޝަން ފަންޑަށް ޖަމާކުރާ ކަމަށް ޕެންޝަން އޮފީހުން ހާމަކޮށްފިއެވެ.

އެ އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެއީ އެފަންޑުގައި ހުޅުވާފައިވާ 122،000 މީހުން އެކައުންޓުން ޖަމާވާ ފައިސާއެވެ. ޕެންޝަން އޮފީހުން ބުނީ ޕެންޝަން ފަންޑުގައި ބިލިއަނުން ފައިސާ ހުރި ނަމަވެސް ރާއްޖޭގައި އިންވެސްޓްމަންޓްގެ ފުރުސަތުތައް މަދުކަމުން ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ޕެންޝަން ފައިސާ އިންވެސްޓް ކުރާއިރު އަބަދުވެސް އަމާޒަކީ އާމްދަނީގެ ގޮތުގައި އެވްރެޖުކޮށް މަދުވެގެން 50 ޕަސެންޓް ހޯދައިދިނުމެވެ.

ޕެންޝަން ފަންޑުން މިހާތަނަށް އެންމެ ބޮޑަށް އިންވެސްޓްކޮށްފައިވަނީ ޓްރެޒަރީ ބިލަށެވެ. އޭގެ އިތުރުން މިދިޔަ އަހަރުން ފެށިގެން ޕްރައިވެޓް ޕްލޭސް މާކެޓް ސްޓޮކް އެކްސްޗޭންޖުގައި ގާއިމްކޮށް ފުރުސަތު ލިބޭ ވަރަކުން އިންވެސްޓް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އިންޓަނޭޝަނަލް މާކެޓުގައި އިންވެސްޓް ކުރުމަކީ މިހާރު އޮތް ގޮންޖެހުމެއް ކަން ޕެންޝަން އޮފީހުން ފާހަގަކުރެ އެވެ

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ