
ވަސީލަތްތައް ނެތުން: މައުލޫމާތު ނުދިނުމުގެ އުޒުރަކަށް!
ވަސީލަތްތައް ނެތުން: މައުލޫމާތު ނުދިނުމުގެ އުޒުރަކަށް!
ލިޔުން:
މައުލޫމާތު ހޯދުމުގެ ގާނުނުގެ ދަށުން ރައިޓް ޓު އިންފޯމޭޝަން (އާރްޓީއައި) ލައިގެން ސަރުކާރުގެ އިދާރާތަކުން އަމިއްލަ ފަރާތްތަކުން މައުލޫމާތު ނުދެވެނީ ވަސީލަތްތައް ނެތުމުން ކަމަށް އެ އިދާރާތަކުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މައުލޫމާތު ދީފައިވާ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.
އެކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވެވަޑައިގެން އިންފޮމޭޝަން ކޮމިޝަނަރު, އަހުމަދު އާހިދު ރަޝީދު ދެއްކެވި ވާހަކައިގަ އެވެ.
އާހިދު ވިދާޅުވީ އެ އޮފީހަށް 11 އަހަރުވެގެން ދިޔައިރު 2021 ވަނަ އަހަރުން ފެށިގެން ގިނަ އަދަދެއްގެ މައްސަލަ ހުށަހަޅަމުންދާ ކަމަށާއި މި އަހަރު އެކަނިވެސް 214 މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.
މި އަހަރުގެ މިހާތަނަށް ހުށަހަޅާފައިވާ މައްސަލަތަކާއި މިދިޔަ އަހަރު ނުނިމި ހުރި މައްސަލަތަކާއެކު ބަލަމުންދާ 258 މައްސަލައިގެ 45 އިންސައްތަ ނިމިފައިވާ ކަމަށް އާހިދު ވިދާޅުވި އެވެ.
އާހިދު ވިދާޅުވީ މި އަހަރު ހުށަހެޅި މައްސަލަތަކުގެ 90 އިންސައްތަ މައްސަލައަކީ އިދާރާތަކަށް އާރްޓީއައި ހުށަހަޅައިގެން އެއްވެސް ޖަވާބެއް ނުލިބިގެން ހުށަހަޅާފައިވާ މައްސަލަތައް ކަމަށާއި އިދާރާތަކުން ދިން ޖަވާބާ މެދު ހިތްހަމަ ނުޖެހިގެން އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތައް 6 ޕަސެންޓަށް އަރާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
