މާލެ: 31°C
ސާކުގެ ސެކްރެޓަރީ ޖެނެރަލާ ރައީސް ބައްދަލުކުރައްވައިފި

ސާކުގެ ސެކްރެޓަރީ ޖެނެރަލާ ރައީސް ބައްދަލުކުރައްވައިފި

August 6, 2024
3 ފަހަރު ބަލާފައި
ސާކުގެ ސެކްރެޓަރީ ޖެނެރަލާ ރައީސް ބައްދަލުކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު, ސައުތު އޭޝިއަން އެސޯސިއޭޝަންސް ފޮ ރީޖަނަލް ކޯޕޮރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް, ގޮލަމް ސަރްވާރްއާ ބައްދަލުކުރައްވައިފި އެވެ. އެ ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ. އެ ބައްދަލުކުރެއްވުމުގައި ގޮލަމް ވަނީ ސާކްގެ ފަރާތުން މެންބަރު ގައުމުތަކުގެ ކުރިއެރުމަށާއި ފައިދާއަށް ހިންގަވާ އެކިއެކި ޕްރޮގްރާމުތަކުގެ މައުލޫމާތު ރައީސްޔާއާ ހިއްސާކުރައްވާފަ އެވެ. ރައީސް ވިދާޅުވީ ސާކްގެ ކުރިއެރުމަށް ދިވެހިރާއްޖެއިން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ގޮލަމް ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތަށް ރައީސް ތައުރީފުކުރެއްވި އެވެ. ސަރަހައްދީ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ އުންމީދު އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އާކުރައްވާފައެވެ. ގޮލަމް ވިދާޅުވީ 1985 ވަނަ އަހަރު ސާކް އުފެދުނީއްސުރެ ރާއްޖެއަކީ އެ ޖަމުއިއްޔާގެ ކުރިއެރުމާއި ތަރައްގީއަށް ނުހަނު ހިދުމަތްތެރި މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ގައުމެއް ކަމަށެވެ. ސާކް ރަސްމީކޮށް އުފެއްދުމަށް ސާކް ޗާޓަރުގައި ސޮއިކުރީ 1985 ޑިސެމްބަރު 8, 1985 ގައި ބަންގްލަދޭޝްގެ ވެރިރަށް، ޑާކާގަ އެވެ. ރާއްޖެއަކީ ސާކްގެ ފައުންޑިންގ މެންބަރު ގައުމެއްވެސްމެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ