
ކުޑޫގެ އިސްލާހުން ސްކޭމްތައް ހުއްޓުވުމަށް އެހީވެދޭނެތަ؟
ކުޑޫގެ އިސްލާހުން ސްކޭމްތައް ހުއްޓުވުމަށް އެހީވެދޭނެތަ؟
ލިޔުން:
ސްކޭމްތަކާ ގުޅިގެން ބޭންކް އެކައުންޓެއް ހިފެހެއްޓުމަށްޓަކައި ފުލުހުންނަށް މިހާރު އޮންނަނީ އުނދަގޫ މަރުހަލާއެކެވެ. އެއީ ކޯޓު އަމުރު ހޯދުމެވެ. ގިނަ ފަހަރަށް އެފަދަ އަމުރެއް ހޯދުމަށް ވަގުތު ނެގުމާއި އަމުރު ނުލިބުން ފަދަ ހާލަތްތައް މެދުވެރިވެއެވެ. އެހެންވެ ކޯޓު އަމުރަކާއި ނުލައި ބޭންކް އެކައުންޓް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދިނުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ ރައްޔިތުންގެ މަޖިލީހަށް މުހިއްމު އިސްލާހެއް ހުށައަޅާފައެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މި އިސްލާހު ހުށަހަޅާފައި ވަނީ ސްކޭމްތައް ހުއްޓުވުމަށް މިފަދަ ގާނޫނީ ހައްލަކަށް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ވަނިކޮށެވެ. ސްކޭމްތަކުގެ މައްސަލައިގައި ފުލުހުންނާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އާއި އެކު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ފުލުހުން ބުނެފައި ވަނީ ޒަމާނަށް އަންނަ ބަދަލުތަކާއި އެކު ކުށްވެރިން ސްކޭމް ކުރުމުގައި ބޭނުން ކުރާ އުކުޅުތައް ވެސް ފުޅާކޮށްފައިވާކަމަށެވެ.
މި މައްސަލައިގައި ގާނޫނީ ހައްލުތަކެއް ބޭނުންވާކަމަށް ފުލުހުން ވެސް ފާހަގަކޮށްފައި ވާތީ، މެމްބަރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބައެއް ހުށަހެޅުންތަކެއް ފޮނުވާފަ އެވެ. އެގޮތުން ކުޑޫގެ ފަރާތުން ފޮނުވި ސިޓީގައި ވަނީ ސްކޭމްތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަމަށެވެ. އަދި ފުލުހުންގެ ފަރާތުން އެދިފައި ވަނީ ގާނޫނީ ހައްލެއް އަވަސް ގޮތަކަށް ގެނެސް ނުދެވިއްޖެ ނަމަ ރައްޔިތުންނާއި ގައުމަށް އޭގެ ސަބަބުން ގިނަ ގެއްލުންތަކެއް ވާނެކަމަށެވެ.
ޖިނާއީ ބޮޑު ކުށެއް ފާހަގަވެ އެ އެކައުންޓުގައިވާ ފައިސާ ވަކި މުއްދަތަކަށް ހިފެހެއްޓުމަށް އެދި ކޯޓު އަމުރަކަށް އެދުމުގެ ބާރު ފުލުހުންނަށް ލިބިގެންވީ ނަމަވެސް އެފަދަ ކުށްތަކުގެ ތެރޭގައި ސްކޭމް ނުހިމެނެ އެވެ. އެހެންވެ، ކުޑޫގެ ފަރާތުން ހުށަހެޅި އިސްލާހުގައި ވަނީ މަކަރާއި ހީލަކުން އޮޅުވާލައިގެން އެކައުންޓުގެ ވެރިފަރާތަށް ނޭނގި ފައިސާ އޮޅުވާލައިގެން ނަގަމުންދާ ނަމަ މައްސަލަތަކުގައި ކޯޓު އަމުރެއް ހޯދުމުގެ ބާރު ހިމެނުމަށެވެ.
ސްކޭމްގެ މައްސަލައެއްގައި ހިމެނޭ އެކައުންޓެއް ހިފެހެއްޓުމަށް ކޯޓު އަމުރެއް ނުރުމަށް ހޭދަވާ ވަގުތުގެ ތެރޭގައި އެކައުންޓުގައިވާ ފައިސާ ނުވަތަ ޓްރާންސްފާ ކުރި އެކައުންޓުތަކުގެ ފައިސާ ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތް ކުރުން ހުއްޓުވުމުގެ އަމުރެއް ފުލުހުންނަށް ނެރެވިދާނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
