މާލެ: 31°C
އިރާނުން ކޮންމެ ވަގުތެއްގައިވެސް އިޒްރޭލަށް ހަމަލާދީފާނެ: އެމެރިކާ

އިރާނުން ކޮންމެ ވަގުތެއްގައިވެސް އިޒްރޭލަށް ހަމަލާދީފާނެ: އެމެރިކާ

August 5, 2024
2 ފަހަރު ބަލާފައި
އިރާނުން ކޮންމެ ވަގުތެއްގައިވެސް އިޒްރޭލަށް ހަމަލާދީފާނެ: އެމެރިކާ
ޖާސޫސީ މައުލޫމާތުތަކުން އެނގޭ ގޮތުގައި އިރާނުން ވަނީ ކޮންމެ ވަގުތެއްގައި ވެސް އިޒްރޭލަށް ހަމަލާދޭން ތައްޔާރުވެފައި ކަމަށް އެމެރިކާއިން ބުނެފިއެވެ. އިޒްރޭލުގެ އެންމެ ބޮޑު މިތުރު އެމެރިކާއިން އިޒްރޭލަށް ވަނީ އެކަމާ އެލާޓްވުމަށް އަންގާފައެވެ. ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ލީޑަރު އިރާނުގައި ހުންނަވަނިކޮށް އަވަހާރަކޮށްލި މައްސަލާގައި، އިރާނުން ބުނެފައި ވަނީ ޔަހޫދީންނަށް ހިތުން ނުފިލާވަރުގެ ރައްދެއް ދޭނެ ކަމަށެވެ. އަދި ހަމާސްއިންވެސް ވަނީ ރައްދު ހަމަލާ ދީ، ޔަހޫދީން ސިއްސުވާލާނެ ކަމަށް ބުނެ ހަރުކަށި އިންޒާރު ދީފައެވެ. އިރާނުގެ ޑިޕްލޮމެޓުންތަކެއް މަރާލި މައްސަލާގައި މީގެ ކުރިންވެސް އިރާނުން އިޒްރޭލަށް ހަމަލާދީފައިވެއެވެ. އެފަހަރުގެ ހަމަލާގެ ވާހަކަ އިރާނުން ކުރިއާލައި އެމެރިކާއަށް އޮތީ އަންގާފައެވެ. ރިޕޯޓްތައް ބުނާގޮތުގައި ހަމަލާ އަމާޒުވާނެ ސަރަހައްދުތައް ވެސް އެމެރިކާއަށް އެނގޭ ވަރަށް އިރާނުން ހަމަލާގެ މައުލޫމާތު އެމެރިކާއާ ހިއްސާކޮށްފައިވެއެވެ. މިފަހަރު އެމެރިކާއިން އިޒްރޭލަށް އަންގާފައިވަނީ އިރާނުން ހަމަލާދޭނީ ކޮން އިރަކު ކޮންތާކަށް ކަމެއް ނޭނގޭ ކަމަށާއި ވަރުގަދަ ހަމަލާއަކަށް ވެވެން އޮތް އެންމެ ވަރުގަދަ އަކަށް ތައްޔާރުވުން ނޫން ގޮތެއް މިވަގުތެއް ނެތް ކަމަށެވެ. "އިރާނުގެ ހަމަލާ ވަރުގަދަވެދާނެ. އެހަމަލާ ހަމަ ކޮންމެ ވަގުތަކުވެސް އިޒްރޭލަށް އަމާޒުވެދާނެ ކަމަށް ބެލެވޭ. އިރާނުން އެކަމުގެ މަޝްވަރާތަކާ ރޭވުންތައް ކުރިއަށް ގެންގޮއްސި. އެކަމަކު މާބޮޑު ތަފްސީލެއް އަދި ނޭނގެ،" އެމެރިކާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނަކު މީޑިއާއަކަށް މައުލޫމާތު ދީފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ