
އޮތީ މުހިއްމު ސުވާލެއް، އެކަމަކު މިނިސްޓަރަށް ކުއްލިކަމެއް ދިމާވެގެން ޖަލްސާއަށް ވަޑައެއް ނުގެންނެވި
އޮތީ މުހިއްމު ސުވާލެއް، އެކަމަކު މިނިސްޓަރަށް ކުއްލިކަމެއް ދިމާވެގެން ޖަލްސާއަށް ވަޑައެއް ނުގެންނެވި
ލިޔުން:
ގެދޮރުވެރިކަމާ ގުޅޭ މުހިއްމު ސުވާލެއް ކުރުމަަށް މިއަދު އެޖެންޑާކޮށްފައި އޮތް ނަމަވެސް، ކުއްލިކަމެއް ދިމާވެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވެން ނެތްކަމަށް ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު އަންގަވައިފި އެވެ.
މިއަދު އެޖެންޑާގައި އޮތީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ބިންވެރިޔާ ސްކީމުން ގޯތި ލިބޭނެކަމަށް ކަނޑައަޅާފައިވާ މީހުންނަށް ގޯތި ހަވާލު ކުރާނީ ކޮން އިރަކުތޯއާއި އޭރު ހިންގި ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭނެކަމަށް ކަނޑައެޅި މީހުންނަށް ފްލެޓު ލިބޭނީ ކޮން އިރަކުންތޯ ކުރެއްވި ސުވާލުގެ ޖަވާބެވެ. މި ސުވާލަށް މިނިސްޓަރ ޖަވާބުދެއްވުމަށް ފަހު، އެ ދާއިރާގެ ތެރެއިން އިތުރު ސުވާލުތައް ކުރުމުގެ ފުރުސަތު މެމްބަރުންނަށް އޮނާނެ އެވެ.
މިއަދުގެ ޖަލްސާއަށް ހާޒިރުވެވެން ނެތުމުން މިނިސްޓަރަށް ވަޑައިގެންނެވޭ ދުވަހަކަށް ސުވާލު ތާވަލު ކުރައްވާނެ ކަމަށް ރިޔާސަތުން އެންގެވިއެވެ.
ފްލެޓުތަކުގެ މައްސަލައިގައި ހާޒިރުވެވެން ނެތްކަމަށް ހައިދަރު އަންގާފައި ވަނީ މިއަދު ހެނދުނެވެ. ރޭ އާންމު ކުރި މަޖިލީހުގެ އެޖެންޑާގައި ވެސް އޮތީ ހައިދަރު ހާޒިރު ކުރާގޮތަށެވެ. އެކަމަކު އާއިލީކަމެއް ކުއްލިއަކަށް ދިމާވެ، ހާޒިރުވެވެން ނެތީކަމަށް މިނިސްޓަރ މަޖިލީހަށް އެންގެވި އެވެ.
އެންމެ ފަހުން މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ވެސް ހައިދަރު ވަޑައިގެންފައި ވަނީ، ދެ ފަހަރެއްގެ މަތީން ބައްދަލުވުމަށް ވަޑައިގަތުމަށް އެންގުމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
