މާލެ: 31°C
އެލްޖީއޭގެ ސީއީއޯކަމުން ޒުލްފާ ވަކިކުރައްވައި ފޮރިން މިނިސްޓްރީއަށް

އެލްޖީއޭގެ ސީއީއޯކަމުން ޒުލްފާ ވަކިކުރައްވައި ފޮރިން މިނިސްޓްރީއަށް

August 4, 2024
2 ފަހަރު ބަލާފައި
އެލްޖީއޭގެ ސީއީއޯކަމުން ޒުލްފާ ވަކިކުރައްވައި ފޮރިން މިނިސްޓްރީއަށް
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ ކަމުން މަރިޔަމް ޒުލްފާ ވަކިކުރައްވައި، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކުރައްވައިފިއެވެ. ޒުލްފާ ވިދާޅުވީ ފޮރިން މިނިސްޓްރީން ޒުލްފާއަށް ގުޅުއްވާފައިވާ ކަމަށެވެ. މީގެއިތުރުން ޒުލްފާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮންމެ ނިންމެވުމަކަށް އިހުތިރާމް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ޒުލްފާ އެލްޖީއޭގެ ސީއީއޯގެ މަގާމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް މުއިއްޒު އައްޔަނުކުރެއްވީ ކުރީ ސަރުކާރުގައި އެ މަގާމުގައި ކުރިން ހުންނެވި އަފްޝަން ލަތީފް އިސްތިއުފާ ދިންތާ ހަތް މަސް ފަހުންނެވެ. ވެރިކަން ކުރާ ޕާޓީ، ޕީއެންސީއާ ޒުލްފާ ގުޅިވަޑައިގަތީ ރައީސް މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވި ފަހުންނެވެ. ޒުލްފާ ކުރިން އެމްޑީޕީގައި ހުންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވިއެވެ. އަދި ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު، ޒުލްފާ ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކުރެއްވިއެވެ. ޒުލްފާ އަކީ ގާނޫނީ ދާއިރާއިންނާއި، އާބަން ޕްލޭނިން އަދި ބިޒްނަސްގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ