މާލެ: 31°C
ދެ ފުލުހެއްގެ ސައިކަލު ރޯކޮށްލި މައްސަލައިގައި ދެމީހުން ހައްޔަރުކޮށްފި

ދެ ފުލުހެއްގެ ސައިކަލު ރޯކޮށްލި މައްސަލައިގައި ދެމީހުން ހައްޔަރުކޮށްފި

August 4, 2024
2 ފަހަރު ބަލާފައި
ދެ ފުލުހެއްގެ ސައިކަލު ރޯކޮށްލި މައްސަލައިގައި ދެމީހުން ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ނ. އަތޮޅުގައި އޮޕަރޭޝަނެއް ހިންގަމުން ގެންދާތީ ފުލުހުންގެ ދެ ސައިކަލެއްގައި ރޯކޮށްލި މައްސަލައިގައި 2 ފިރިހެނުން ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މައްސަލައިގައި 33 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ހެނބަދޫ، ސެލްވިޔޯ އިލްޔާސް އިބްރާހިމާއި އެ ރަށު ހުދުތަރި، މުހައްމަދު އިރުޝާދެވެ. "މި މައްސަލައިގެ ތަޙްގީގަށް ނ. ހެނބަދޫ އަށް ނިސްބަތްވާ 33 އަހަރުގެ 2 ފިރިހެނުން، ކޯޓުއަމުރެއްގެ ދަށުން، މިއަދުވަނީ ހައްޔަރުކޮށްފައި." ޝިފާން ވިދާޅުވިއެވެ. ފުލުހުން ބުނީ، އިޔާސް އާއި އިރުޝާދު ހައްޔަރުކުރި ސަބަބުތަކުގެ ތެރޭގައި ހެނބަދޫ ޕޮލިސް ޕޯސްޓުގައި މަސައްކަތް ކުރާ ފުލުހުންނާއި އެ ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރު ދިނުން ވެސް ހިމެނޭ ކަމަށެވެ. ޝިފާން ވިދާޅުވީ މީގެ ކުރިން ވިދާޅުވީ ނ. ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް މިމަހުގެ 1 ވަނަ ދުވަހު ގެއްލުން ދީފައިވާ ކަމަށާއި އިތުރު ފުލުހެއްގެ ސައިކަލުގައި އެރޭ ދަންވަރު ރޯކޮށްލި ކަމަށެވެ. އަދި މިކަމަކީ ނ. އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއްކަމަށް ބެލެވޭ ކަމަށް ޝިފާން ވިދާޅުވިއެވެ. މި ސަރުކާރުން ވެރިކަމާއި ހަވާލުވެ ހޯމް މިނިސްޓަރު އަލީ އިހްސާންގެ ބެއްލެވުމުގެ ދަށުން ފުލުހުން ދަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ގިނަ ގުނަ އޮޕަރޭޝަންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ