މާލެ: 31°C
އިސްލާމީ ޔުނިވަރސިޓީ އާއި އައިކޮމްއިން މީޑިއާ ދާއިރާގެ ވޯކްޝޮޕަކާއި ޕެނަލް ޑިސްކަޝަނެއް ބާއްވަނީ

އިސްލާމީ ޔުނިވަރސިޓީ އާއި އައިކޮމްއިން މީޑިއާ ދާއިރާގެ ވޯކްޝޮޕަކާއި ޕެނަލް ޑިސްކަޝަނެއް ބާއްވަނީ

August 4, 2024
2 ފަހަރު ބަލާފައި
އިސްލާމީ ޔުނިވަރސިޓީ އާއި އައިކޮމްއިން މީޑިއާ ދާއިރާގެ ވޯކްޝޮޕަކާއި ޕެނަލް ޑިސްކަޝަނެއް ބާއްވަނީ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި އިންފޮމޭޝަން ކަމިޝަނަރުގެ އޮފީހާއި ގުޅިގެން މީޑިއާ އެތިކްސް ވޯރކްޝޮޕަކާއި ޕެނަލް ޑިސްކަޝަނެއް ބާއްވަން ނިންމައިފިއެވެ. މި ވޯކްޝޮޕާއި ޕެނަލް ޑިސްކަޝަން ބޭއްވުމުގެ މަގުސަދަކީ މީޑިއާ ދާއިރާގައި އަޚުލާގު ބައްޓަންކުރަންވީ ގޮތާއި މުއާމަލާތްކުރުމަށް ބޭނުންވާ ހުނަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުންނެވެ. އަދި މި ވޯކްޝޮޕްގައި އިސްލާމީ ނަޒަރަކުން މީޑިއާގެ އަހުލާގީއްޔަތަށް ބަލާލުމާއިއެކު މައުލޫމާތު ހޯދުމާއި ލިބިގަތުގެ ގާނޫނަށް އަލިއަޅުވާލެވޭނެއެވެ. މި ވޯކްޝޮޕް ކުރިއަށްދާނީ އަންނަ ބުދަ ދުވަހުގެ ހެނދުނު 9:00 އިން 12:00 އަށެވެ. އަދި ޕެނަލް ޑިސްކަޝަން ކުރިއަށްދާނީ ހަމަ އެދުވަހު 13:00 އިން 14:00 އަށެވެ. މި ވޯކްޝޮޕާއި ޕެނަލް ޑިސްކަޝަންގައި މީޑިއާގެ ދާއިރާއިން ތައުލީމާއި ތަޖުރިބާ ހޯދާފައިވާ ތަޖުރިބާކާރުން މައުލޫމާތު ހިއްސާކުރާނެއެވެ. އިސްލާމީ ޔުނިވާސިޓީގެ ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގައި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ އިންފޯމޭޝަން އޮފިސަރުންނާއި މިޑިއާގެ ދާއިރާގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި ނޫސްވެރިކަމަށް ޝައުޤުވެރިކަން ހުންނަ ފަރާތަތަކަށް މި ވޯކްޝޮޕުގައި ބައިވެރިވެވޭނެއެވެ. ވޯކްޝޮޕްގެ އިތުރުން ބާއްވާ ޕެނަލް ޑިސްކަޝަންގައި އިޖުތިމާއި ހަމަޖެހުން ޤާއުމުކުރުމަށްޓަކައި ތަޢުލީމީ މީޑިއާގެ މުޙިއްމު ކަމުގެ މައްޗަށް ޕެނަލިސްޓުން ވާހަކަދައްވާނެއެވެ. އަދި އޭގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމަށް ރާއްޖޭގައި ހުރި ފުރުސަތުތަކުގެ މައުލޫމާތުވެސް މި ޕެނަލް ޑިސްކަޝަންއިން ލިބިގެންދާނެއެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިޔުމަން ސައިންސަސްގެ ފަރާތުން އިސްނަގައިގެން ކުރިއަށްގެންދާ މި ވޯކްޝޮޕްގައި ބައިވެރިވާން ބޭނުންވާނަމަ ވޯކްޝޮޕް އެޕްލިކޭޝަން ލިންކް ބޭނުންކުރައްވައިގެން މާދަމާގެ މެންދުރު 14:00 ގެ ކުރިން ފޯމް ކުރިހަމަކުރުމަށް އައިޔޫއެމްއިން އެދެއެވެ. އިސްލާމީ ޔުނިވާސީޓީން މީޑިއަށް ހާއްސަކޮށްގެން 2018 ވަނަ އަހަރުން ފެށިގެން މާސްޓަރސް އޮފް އާޓްސް އިން ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް ކޯހެއް ކުރިއަށް ގެންދެއެވެ. މި ކޯސް ރާއްޖޭގެ ފުންނާބުއުސް ގިނަ ނޫސްވެރިންތަކެއް ވަނީ ފުރިހަމަކޮށްފައެވެ. މާސްޓަރސް ކޯހުގެ އާ ބެޗް މި އޮގަސްޓް މަހުގެ ތެރޭގައި ފެށޭނެއެވެ. މި ބެޗުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އޮތީ ހުޅުވިފައެވެ. އެގޮތުން، https://forms.gle/ShbwbCmxnJkHFuV16 މި ލިންކް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ