މާލެ: 31°C
މިނިވަން ވިޔަފާރިއާ މެދު މިނިސްޓަރު ދެއްވާ އުންމީދު

މިނިވަން ވިޔަފާރިއާ މެދު މިނިސްޓަރު ދެއްވާ އުންމީދު

August 4, 2024
2 ފަހަރު ބަލާފައި
މިނިވަން ވިޔަފާރިއާ މެދު މިނިސްޓަރު ދެއްވާ އުންމީދު

ދެމަހެއްހާ ދުވަހުގެ ތެރޭގައި ދުނިޔޭގައި އޮތް އެންމެ ބޮޑު ބާޒާރާއެކު މިނިވަން ވިޔަފާރި ފެށޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ މިއަހަރުގެ އެކައުންޓެންޓްސް ފޯރަމް ފެށުމުގެރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އެރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފައިނޭންސް އާއި އެކައުންޓީންގދާއިރާއަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިއަރުވައި ހިމާޔަތްކުރަން މަސައްކަތް ކުރަމުން އަންނަ އެއް ދާއިރާ ކަމަށެވެއަދި މިހާރު މި ދަނީ އައުމާރކެޓްތައް ހޯދުމުގައި ބޮޑެތި ވިސްނުންތަކަށް މަގުކޮށައި ޖާގަދެމުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ޚާއްޞަކޮށް ފައިނޭންސް އާއި އެކައުންޓެންސީ ދާއިރާއިން ދުނިޔޭގެ ބޮޑު ބާޒާރަށް ވަނުމުގެ ފުރުސަތުތައް ދިވެހިންނަށްފަހިވެގެންދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ސައީދު އިތުރަށް ވިދާޅުވީ، މިހާރު އޮތް ހާލަތު ބަދަލުކުރުމަށް އުންމީދާއެކު ދެމެހެއްޓެނިވި ގޮތަކަށްކަންކަން އެނގިގެން ވިސްނުންތެރިކަމާއެކު އަމާޒެއް އޮވެގެން އަމާޒު ޔަޤީންވާ ގޮތަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމުގައެވެ.

މި މުހިންމު މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި މާލީ ވުޒާރާގެ ވަޒީރާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ވިސްނުމުގައި ވަރަށްބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ