މާލެ: 31°C
މުސާރައާއި ބޮޑެތި އަދަދުތައް އިންޓަނެޓް ބޭންކިން ދެން ނުހަދާނެ

މުސާރައާއި ބޮޑެތި އަދަދުތައް އިންޓަނެޓް ބޭންކިން ދެން ނުހަދާނެ

August 4, 2024
2 ފަހަރު ބަލާފައި
މުސާރައާއި ބޮޑެތި އަދަދުތައް އިންޓަނެޓް ބޭންކިން ދެން ނުހަދާނެ

ޕޭރޯލްއާއި ބަލްކް ޓްރާންސްފާގެ ހިދުމަތް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފޯރުކޮށް ދިނުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުކަނޑާލައިފި އެވެ.

ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އާންމު ކުރި ޕޯސްޓެއްގައި ބީއެމްއެލް ބުނެފައި ވަނީ އިންޓަނެޓް ބޭންކިންއާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަވަރަމެދުވެރިކޮށް ޕޭރޯލްއާއި ބަލްކް ޓްރާންސެކްޝަން ހެދުން ހުއްޓާލީ ވަގުތީ ގޮތުން ކަމަށެވެ.

މި ހިދުމަތް މިވަގުތަށް ހުއްޓާލި ނަމަވެސް، payroll@bml.com.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމުން ޕޭރޯލްތައް ޕްރޮސެސްކޮށް ދޭނެކަމަށްބީއެމްއެލް ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ޕްރައިވެޓް ކުންފުންޏެއްގައި މަސައްކަތް ކުރަމުން ދާ ގިނަ އަދަދެއްގެ މުވައްޒަފުންގެ އެކައުންޓަށް އޮޅުމަކުން ބިލިއަނުން ޑޮލަރު ޖަމާވި މައްސަލައެއްމިފަހުން ދިމާވި އެވެ. އެ މައްސަލައިގައި ބީއެމްއެލް ބުނީ، ބޮޑެތި އަދަދުތަކުން އެކައުންޓަށް ފައިސާ ޖަމާވެފައި ވަނީ ހިއުމަން އެރާއެއްގެ ސަބަބުން ކަމަށެވެ.

މައްސަލަ އެގޮތަށް ދިމާވީ، ބޭންކުން ބުނި ގޮތުގައި ޕޭރޯލް ޕްރޮސެސިންގެ ބަލްކް ޕޭމަންޓަށް މިފަހުން ގެނައި ބަދަލަކާއި ގުޅިގެން ކަމަށެވެ. ބެލެވޭ ގޮތުގައިޕޭރޯލްއާއި ބަލްކް ޓްރާންފާތައް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޕްރޮސެސް ކުރުން މެދުކަނޑާލީ އެ މައްސަލަ ހައްލު ކުރުމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ