މާލެ: 31°C
ހަނިމާދޫ އެއާޕޯޓުގައި މަރުތޭލަކުން މާރާމާރީ ހިންގި އިންޑިޔާ މީހާގެ ބަންދަށް 15 ދުވަސް

ހަނިމާދޫ އެއާޕޯޓުގައި މަރުތޭލަކުން މާރާމާރީ ހިންގި އިންޑިޔާ މީހާގެ ބަންދަށް 15 ދުވަސް

August 4, 2024
2 ފަހަރު ބަލާފައި
ހަނިމާދޫ އެއާޕޯޓުގައި މަރުތޭލަކުން މާރާމާރީ ހިންގި އިންޑިޔާ މީހާގެ ބަންދަށް 15 ދުވަސް

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީއެއް ހިންގި މައްސަލާގައި ހައްޔަރުކުރި އެ އެއާޕޯޓުގައި މަސައްކަތްކުރާ އިންޑިއާ މުވައްޒަފުގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އެ މާރާމާރީއަކީ މަރުތޭލައެއް ބޭނުންކޮށްގެން ހިންގާފައިވާ މާރާމާރީއެކެވެ.

ފުލުހުން އެ ރޭ ބުނީ ހަނިމާދޫ އެއާޕޯޓުގައި މަސައްކަތްކުރާ ދެ މުވައްޒަފަކު މާރާމާރީ ހިންގާފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ އެ ރޭ 8 ޖަހާ ހާއިރު ކަމަށެވެ.

އެ ދެ މީހުން ހިންގި މި މާރާމާރީގައި އޭގެ ތެރެއިން އެކަކަށް އަނިޔާވެ ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 37 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށާއި އެ މާރާމާރީގައި އަނިޔާވެފައިވަނީ 39 އަހަރުގެ އިންޑިއާފިރިހެނަކަށް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ