މާލެ: 31°C
އެމްޑީޕީ އެތެރޭގެ އިންތިހާބުގައި އަންހެނުން ހޯދި ކާމިޔާބަށް ފައްޔާޒުގެ ތައުރީފު

އެމްޑީޕީ އެތެރޭގެ އިންތިހާބުގައި އަންހެނުން ހޯދި ކާމިޔާބަށް ފައްޔާޒުގެ ތައުރީފު

August 3, 2024
2 ފަހަރު ބަލާފައި
އެމްޑީޕީ އެތެރޭގެ އިންތިހާބުގައި އަންހެނުން ހޯދި ކާމިޔާބަށް ފައްޔާޒުގެ ތައުރީފު
އެމްޑީޕީގެ ގައުމީ މަޖިލީހަށް ގިނަ އަންހެނުން އިންތިހާބު ވެގެން ދިއުމަކީ ލިބުނު ކުރިއެރުމެއް ކަމަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ އިއްޔެގެ އިންތިހާބުގައި އަންހެނުން އިންތިހާބުވީ މަގާމުތަކުގެ ތެރޭގައި، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ ރައީސަކަށް އިންތިހާބުވީ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހިމެނެއެވެ. މައްޗަންގޮޅި މެދު ދާއިރާގެ ރައީސް ކަމަށް ހަދީޖާ މުހައްމަދުއާއި މާފަންނު އުތުރު ދާއިރާގެ ރައީސަކަށް އިފްހާމް ހުސެއިންއާއި ހުޅުމާލެ އުތުރު ދާއިރާގެ ރައީސަކަށް ފާތުމަތު ޒަހިއްޔާ އަދި ހުޅުމާލެ މެދު ދާއިރާގެ ރައީސަކަށް ސަފާތު އަހުމަދު ޒާހިރު އިންތިހާބުވިއެވެ. ޕާޓީގެ އެތެރޭގެ އިންތިހާބަށް ފަހު، މަގާމުތަކަށް އިންތިހާބުވީ ފަރާތްތަކަށް މަރުހަބާ ދަންނަވާ ކުރެއްވި ޕޯސްޓްގައި ފައްޔާޒް ވަނީ، އިންތިހާބުގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުންނާއި ވޯޓު ދެއްވި ޕާޓީގެ ހުރިހާ މެމްބަރުންނާއި އިންތިހާބުގެ ކަންކަން ވަރަށް ފުރިހަމަ އަށް އިންތިޒާމުކޮށް ކުރިއަށް ގެންގޮސް ދެއްވި އޮފިޝަލުންނަށް ޝުކުރު އަދާކުރައްވައިފައެވެ.
 
   

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ