މާލެ: 31°C
އިސްލާމިކް މިނިސްޓަރ ޝަހީމް ސައުދީއަށް ވަޑައިގެންފި

އިސްލާމިކް މިނިސްޓަރ ޝަހީމް ސައުދީއަށް ވަޑައިގެންފި

August 3, 2024
2 ފަހަރު ބަލާފައި
އިސްލާމިކް މިނިސްޓަރ ޝަހީމް ސައުދީއަށް ވަޑައިގެންފި
މާދަމާ ސައުދީ އަރަބިއްޔާފައި ފަށާ އިސްލާމީ ގައުމުތަކުގެ އިސްލާމިކް މިނިސްޓްރީތައް ބައިވެރިވާ ހާއްސަ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އެ ގައުމަށް ވަޑައިގެންފިއެވެ. މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައިނަލްއަގުވާމީ ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ ހަތަރު ވަނަ ދުވަހުން ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމީ އުންމަތުގެ މުހިއްމު މައުލޫއުތަކަށް އިލްމީ ކަރުދާސްތައް ހުށައެޅިގެންދާ މި ކޮންފަރެންސްގައި މިނިސްޓަރު ޝަހީމް ބައެއް ސެޝަންތައް ޗެއާކޮށްދެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. މި ފަހަރުގެ ކޮންފަރެންސްގެ މައުޟޫއަކީ "މެދުމިނުގެ އުސޫލުތައް ކުރިއެރުވުމާއި، މެދުމިނުގެ އަގުތައް ވަރުގަދަކުރުމުގައި އިސްލާމިކް މިނިސްޓްރީތަކުގެ ދައުރު" އެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ 60 އަށް ވުރެ ގިނަ އިސްލާމީ ގައުމުތަކުގެ ދީނީ ވުޒާރާތަކުގެ ވަޒީރުންނާއި، މުފްތީންނާއި، އިސްލާމީ މަޖިލިސްތަކާއި، މުއައްސަސާތަކާއި، ޖަމްއިއްޔާތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އެގޮތުން ކޮންފަރެންސްގެ މައުޟޫއާ ގުޅޭ ދިރާސާތަކުގެ މައްޗަށް މަޝްވަރާކުރުމަށް 10 ޖަލްސާއެއް ކުރިއަށް ގެންދާނެއެވެ. މިނިސްޓަރ ޝަހީމްގެ އިތުރުން  މި ދަތުރުފުޅުގައި، އިސްލާމިކް މިނިސްޓްރީގެ އިސް އިމާމު ޝައިޚް މުޙައްމަދު ލަޠީފުގެ އިތުރުން ސީނިއަ ޕޮލިޓިކަލް ޑިރެކްޓަރު ޝައިޚް އިމްތިޠާއު ޢައްބާސް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ