
ބަންގްލަދޭޝްގައި އަލުން މުޒާހަރާ ފެށީ ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅު ހެދުމަށް
ބަންގްލަދޭޝްގައި އަލުން މުޒާހަރާ ފެށީ ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅު ހެދުމަށް
ލިޔުން:
ބަންގްލަދޭޝްގައި އަނެއްކާވެސް އާ މުޒާހަރާއެއް ފެށިއްޖެއެވެ. ޖުލައި މަހުގެ މުޒާހަރާ ނިމުނުތާ މާގިނއ ދުވަހެއް ނުވަނީސް އާ މުޒާހަރާއެއް ފެށި ވަރުގަދަ ވަމުންދާތީ ފުލުހުން ވަނީ އެންމެ މަތީ އެލާޓްގައި މަސައްކަތް ފަށާފައެވެ.
އެތަކެއް ހާސް ބަޔަކު ވެރިރަށް ޑާކާގެ މަގުތަކަށް ނިކުމެފައި ވަނީ, ސަރުކާރު ވަޒީފާއަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް ބޭއްވި މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުންކޮށް 150 މީހުން މަރައިލުމުން އެ ކަމާ މެދު ހިތްހަމަ ނުޖެހުން ފާޅު ކުރުމުގެ ގޮތުންނެވެ.
ޖުލައި މަހު ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުން ބާއްވާފައިވާ މުޒާހަރާތަކަކީ, ހަތަރުވަނަ ދައުރަކަށް އިންތިޚާބު ވެފައިވާ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ސަރުކާރާ ދެކޮޅަށް މިހައިތަނަށް ކޮށްފައިވާ އެންމެ ބޮޑެތި މުޒާހަރާތަކެވެ. ޖަނަވަރީ މަހު ބޭއްވި އިންތިޚާބު ބޮއިކޮޓުކޮށް, އިދިކޮޅު މައި ޕާޓީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ން އިންތިޚާބުގައި ބައިވެރިވެފައެއް ނުވެއެވެ.
މުޒާހަރާތަކުގައި އެތަކެއް ހާސް ބަޔަކު ޒަޚަމު ކޮށްލައި 1,600އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާތީ އެ ކަމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމަށް ޑާކާގެ އިތުރުން އިރުއުތުރު ސިލޭޓް ޑިސްޓްރިކްޓުގެ މަގުތަކަށް ވެސް އެތަކެއް ހާސް ބަޔަކު ޖަމާވިއެވެ. ފުލުހުން ވަނީ ސިލޭޓްގައި ބޭއްވި ހިނގައިލުމުގައި ބައިވެރިވި މީހުން ހުއްޓުވަން ވެސް ބާރުގެ ބޭނުން ކޮށްފައެވެ. އެ މީހުންނާ ދެކޮޅަށް ކަރުނަ ގޭހާއި ސްޓަން ގްރިނޭޑް ފަދަ ހަތިޔާރު ބޭނުން ކޮށްފައިވާނެ ކަން އެ ސަރަހައްދުގެ ފުލުހުންގެ ކޮމިޝަނަރުގެ ނައިބު އަޛްބަހާރް ޢަލީ ޝައިޚް ކަށަވަރު ކޮށްދެއްވިއެވެ.
މީގެ އިތުރުން, ދެކުނުގައި އޮންނަ ބަނދަރުމަތީ ރަށް ޗޮއްޓޮގްރާމާއި ބޮރީޝާލްގައި ވެސް ފުލުހުން ވަނީ ހިނގައިލުމުގެ ބައިވެރިންނާ ކުރިމަތިލާފައެވެ. ބޮރީޝާލްގައި ހިނގި ކުރިމަތިލުންތަކުގައި 10 މީހުން ޒަޚަމުވި ކަމަށް ރިޕޯޓުތައް ބުނާއިރު, އޭގެ ތެރޭގައި ނޫސްވެރިން ވެސް ހިމެނެއެވެ. ދާކާގެ ހައި ކޯޓުގެ އިމާރާތް ކައިރިއަށް އެއްވި މީހުންގެ ތެރެއިން ހަތް ދަރިވަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ދާކާގައި ބޭއްވި ހިނގައިލުމުގައި ޤާނޫނީ ވަކީލުންނާއި ޔުނިވަރސިޓީތަކުގައި ކިޔަވައިދެއްވާ މުދައްރިސުން ވެސް ބައިވެރިވިއެވެ.
މުޒާހަރާތަކުގައި ފުލުހުން މަރައިލި 150އަށްވުރެ ގިނަ މީހުންނަށް އިންސާފު ހޯދައިދިނުމުގެ ނަމުގައި އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ހިނގައިލުންތައް އިންތިޒާމު ކޮށްފައި ވަނީ ތަފާތު ކުރުންތަކާ ދެކޮޅަށް ވަކާލާތު ކުރާ ދަރިވަރުންގެ ޖަމުޢިއްޔާ, ސްޓޫޑެންޓްސް އެގެއިންސްޓް ޑިސްކްރިމިނޭޝަނުންނެވެ. ޖުލައިގައި ބޭއްވި ބޮޑެތި މުޒާހަރާތައް އިންތިޒާމު ކުރުމުގައި ވެސް އެ ޖަމުޢިއްޔާއިން އިސް ދައުރެއް އަދާ ކުރިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
